Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ80 އަހަރުގެ ކޮވިޑް ޕޭޝަންޓް

80 އަހަރުގެ މީހާގެ ޙާލު އިތުރަށް ގޯހެއް ނުވޭ، ނަމަވެސް ކުއްލިއަކަށްވެސް ގޯސްވެދާނެކަމުގެ ބިރު އެބައޮތް: ޑޮކްޓަރ

22 އެޕްރީލު 2020 | ބުދަ 07:35

ހަކުރު ބަލި އަދި ކޮލެސްޓްރޯލްއަށް 80 އަހަރުގެ މީހާ ދިޔައީ ފަރުވާ ހޯދަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އެޕްރީލު 2020 | ބުދަ 07:35
އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ، ޑރ. މޫސާ ހުސައިން

އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ، ޑރ. މޫސާ ހުސައިން

އަންގާރަ ދުވަހު މާލެ ސަރަޙައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ 80 އަހަރުގެ މީހާގެ ޙާލު އިތުރަށް ގޯސް ނުވާ ކަމަށާއި، ނަމަވެސް ކުއްލިއަކަށްވެސް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑޮކްޓަރ މޫސާ ހުސައިން، ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ޑިޕާޓްމަންޓްގެ އިސްވެރިއާގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ޑޮކްޓަރ މޫސާ ހުސައިން އަކީ، ރާއްޖޭގައި ކޮވިޑު19އަށް ފައްސިވެ ޙާލުބޮޑުވި އިޓަލީ ފަތުރުވެރިޔާއަށް ފަރުވާ ދެއްވުމުގައިވެސް، އިސްކޮށް އުޅުއްވި ފަރާތެކެވެ. އެގޮތުން ބުދަ ދުވަހު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، އަންގާރަ ދުވަހާ އަޅާބަލާއިރު، އޭނާގެ ޙާލު އިތުރަށް ގޯސްވަމުން ނުދާ ކަމަށެވެ. ނަމަވެސް އޭނާއަކީ ސިއްޙީ ގިނަ މައްސަލަތަކެއް ހުރި ފަރާތަކަށް ވުމުން ކޮންމެ ވަގުތެއްގައިވެސް ޙާލު ގޯސްވެދާނެ ކަމުގެ ބިރު އެބައޮތްކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ހޯދަމުންދާ 80 އަހަރުގެ މީހާއަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން 2 އަހަރު ވަންދެން އެދުމަތިވެފައިވާ މީހެއް ކަމަށާއި، އޭނާއަކީ ހަކުރު ބައްޔާއި، ކްލޮސްޓްރޯލް އަދި ލޭމައްޗަށް ދިއުންފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ވުމުގެ އިތުރުން، މީގެ ކުރިން ނިއުމޯނިއާވެސް ޖެހިފައިވާ މީހެއް ކަމަށް ޑރ މޫސާ ވަނީ ފާހަގަ ކުރައްވައިފައިވެއެވެ. ހަމައެއާއެކު އޭނާއަކީ ކޮވިޑް-19 ޖެހިގެން ޙާލު ނުރައްކާ ވުމުގެ ފުރުސަތު އޮތް މީހެއްކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

ޑރ. މޫސާ ވިދާޅުވިގޮތުގައި، މީހެއްގެ ހަށިގަނޑުގައި އޮކްސިޖަން ލެވެލް ހުންނަން ޖެހޭނީ 98 އިންސައްތައިގަ ކަމަށާއި، ނަމަވެސް 80 އަހަރުގެ މީހާގެ ހަށިގަނޑުގައި އޮކްސިޖަން ލެވެލް ހުރީ 94 އިންސައްތައިގަ ކަމަށެވެ. އެހެންކަމުން މިއީ އިންޒާރުގެ މެސެޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރު މުރާދު ވިދާޅުވީ، ޑޮކްޓަރުންގެ ޓީމުގެ ރިސަރޗުގައި ހިމެނޭ ބޭސް ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ބަލިމީހާގެ ޙާލަތަށް ބަލައި ދޭންޖެހޭ އިތުރު ބޭސްތައް ނިންމަވާނެ ކަމަށެވެ. އެގޮތުން ކުރިން ބަލިން ރަނގަޅުވި މީހާއަށް ދިން ބޭހުގެ ފަރުވާ ފައްޓަވާނެ ކަމަށާއި، އިތުރަށް ދޭން ޖެހޭ ބޭސް ބަލަމުންދާ ކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

80 އަހަރުގެ މީހާ އަށް މިވަގުތު ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންނެވެ. 11 ވަނަ ފަންގިފިލާއަކީ ކޮވިޑް-19 އާއި ގުޅިގެން ހާލުބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ތަނެކެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި، އިތުރު ފަރުވާދޭން ޖެހޭ މީހުންގެ އިތުރުން ޑޮކްޓަރުން ގާތުން ބަލަން ބޭނުންވާ ބައެއް މީހުން މީގެ ކުރިންވެސް އައިސޮލޭޝަން ފެސިލިޓީތަކުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް