Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަސްޕެންޑް ކޮށްފައިވާ މުވައްޒަފުންގެ މައްސަލަ

ސަސްޕެންޑްކޮށްފައިވާ މުވައްޒަފުންނާއި މެދު ހައްލެއް ހޯދުމަށް ސީއެސްސީން ހައިކޯޓަށް!

22 އެޕްރީލު 2020 | ބުދަ 00:54

ސަސްޕެންޝަނުގައި ތިބި ކެންޑިޑޭޓުންގެ ރޯދަމަހުގެ އެލަވަންސާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާ ދަނީ މަޝްވަރާ ކުރުމުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 22 އެޕްރީލު 2020 | ބުދަ 00:54
ސިވިލް ސަރވިސް ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ސިވިލް ސަރވިސް ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަންއާއި މެދު ގޮތެއް ނިންމުމަށް ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީން) ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިކަމާއި ބެހޭ ތަފްސީލް ހާމަކޮށް ސީއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޑް ކުރެވިފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހައްލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މިކަމަށް ޝަރުޢީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދޭނެ ޖާގައެއް އޮތްތޯ ބެލުމަށް މައްސަލަ ހައިކޯޓަށްހުށަހަޅާފައިވާކަމަށެވެ. އަދި އިންތިހާބު ފަސްކޮށްފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންގެ ސަސްޕެންޝަންއާއި މެދު ގޮތެއް ނިންމަވައިދެއްވުމަށް ސީއެސްސީން ވަނީ މައްސަލަ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތަކީ ކޮބައިތޯ ދެނެގަތުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ފޯނު ކޮންފަރެންސްގެ ޒަރިއްޔާއިން މަޝްވަރާކޮށްފައިވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ވަޒީފާއިން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްވެފައި ހުންނަ މުއްދަތުގެ ތެރޭގައި، އެ މުވައްޒަފުންނަށްސިވިލް ސަރވިސްގެ ވަޒީފާއިން ލިބެމުން އައި މުސާރައާއި އެހެނިހެން އެއްވެސް އިނާޔަތެއް ނުލިބޭނެކަމުގައި އެ މާއްދާގެ (ނ) ގައި ވަނީ ބަޔާންކޮށްފައެވެ.

ވަކި މުއްދަތެއް ނެތްގޮތަށް ދިގު މުއްދަތަކަށް އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ މަސައްކަތްތަކުން އެކަހެރިކޮށްފައިވުމުގެ ސަބަބުން ދައުލަތުގެ ފަރާތުން ދިވެހިރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައްފޯ ރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ވަނީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޚާއްސަ ބިލް 2020"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެބިލްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު، އެބިލްގައި ބުނެފައިވާ ގޮތުން، އެންމެ ލަސްވެގެންވެސް އަންނަ ޖެނުއަރީ 6 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންޖެހެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް