Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ހުރި ވަސީލަތްތަކާއެކު، ގޮންޖެހުންތަކުން އަރައިގަތުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭ: އަމީން

ފަރުވާ އަކީ ގޭގައި މަޑުކުރެއްވުން: އަމީން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 22 އެޕްރީލު 2020 | ބުދަ 01:11
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި ހުރި ވަސީލަތްތަކާއި، ތައްޔާރީތަކާއި އެކީގައި ގޮންޖެހުމުން އަރައި ގަތުމަށް ރަނގަޅު މަސައްކަތް ކުރެވޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ފޯނު މެދުވެރިކޮށް ރާއްޖެ ޓީވީގެ ''60 މިނިޓް'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއިއެކު މި ވަގުތު ހެލްތް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ ޓެސްޓު ކުރުމާއި، ހައި ރިސްކު މީހުން އައިޑެންޓިފައި ކުރުމާއިއެކު ޕްރައިމަރީ ކޮންޓެކްޓް ޓެސްޓު ކުރުމުގެ އިތުރުން އަލާމާތްތައް ހުންނަ މީހުން ޓެސްޓުކޮށް އެ ފަރާތްތައް އައިސޮލޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ހުންނާނެ ކަމަށާއި، އިތުރު ވަސީލަތްތައްވެސް ގާއިމްކުރަމުންދާ ކަމަށެވެ. ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެތުރިގެން ދިޔުމެވެ.

ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ތެރެއިން ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ވެންޓިލޭޓަރުތައް ވަނީ ރާއްޖެ ގެނެސްފަ އެވެ. ކުރިޔަށް އޮތް ތަނުގައި ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާ ވެންޓިލޭޓަރު ތަކުގެ ތެރޭގައި، ބައިނަލް އަގްވާމީ ބައެއް ޖަމިއްޔާތަކުން ހަދިޔާކުރާ ވެންޓިލޭޓަރުތައް ވެސް ހިމެނެ އެވެ.

އަމީން ވިދާޅުވީ، މިހާރު ކުރެވޭ މަސައްކަތުގެ އަލީގައި ލޮކްޑައުންއާ ބެހޭ ގޮތްތައް ނިންމަން ޖެހޭ ކަމަށެވެ. މާލެގައި މިހާރު މިއޮތް ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގަ އެވެ. މިނިސްޓަރު ވިދާޅުވީ، ލޮކްޑައުންއާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެޗްޕީއޭ، ޓެކްނިކަން އެޑްވައިޒަރީ ގްރޫޕްގެ އިތުރުން ކޮވިޑް-19 ޓާސްކް ފޯސްގެ ބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެެވެ.

މިއީ މި ފަހުގެ ތާރީހެއްގައި އާބާދީގައި ލައްކައެއްހާ މީހުން ދިރިއުޅޭ މާލޭގެ މީހުން ގޭގައި މަޑުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ. ގޭގައި މަޑުކުރުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، މީގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ދިމާވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

އަމީން ބަރުއަޅުއްވަނީ ހުރިހާ ފަރާތްތަކަކުންވެސް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށެވެ. އަދި ގެއިން ބޭރަށް ނިކުންނައިރުވެސް ރައްކާތެރިކަމާއި އެކު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމު ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު