Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެްިއިއުތިކާފުކުރުން މަނާ

އަންނަ ރަމަޟާން މަހު ހަރަމްފުޅުގައި އިއުތިކާފުކުރުން މަނާ

21 އެޕްރީލު 2020 | އަންގާރަ 16:06

އިއުތިކާފްކުރުން މަނާކުރީ މަސްޖިދުލް ހަރަމްއާއި މަސްޖިދުއް ނަބަވީގައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 21 އެޕްރީލު 2020 | އަންގާރަ 16:06
މަސްޖިދުލް ހަރަމްގެ ހަރިންމަތެރެ

މަސްޖިދުލް ހަރަމްގެ ހަރިންމަތެރެ

އަންނަ ރަމަޟާން މަހު ޙަރަމްފުޅުގައި އިއުތިކާފުކުރުން މަނާކޮށްފިއެވެ.

ސައުދީޢަަބިއްޔާގެ ރަސްކަމުގެ ދަރުބާރުން ނިންމާފައިވަނީ މައްކާގައި ހުންނަ މަސްޖިދުލްޙަަރަމްއާއި، މަދީނާގައި ހުންނަ މަސްޖިދުއްނަބަވީގައި މިއަހަރުގެ ރަމަޟާންމަހު އިއުތިކާފުކުރުން ވަގުތީގޮތުން މެދުކަނޑާލިކަން އިޢުލާނުކޮށްފައެވެ. ސައުދީއަރަބިއްޔާގެ "ޖެނެރަލް ޕްރެސިޑެންސސީ ފޮރ ދަ އެފެއަރޒް އޮފް ސަ ޓޫ ހޮލީ މޮސްކް" ގެ ރަސްމީ ޓްވިޓަރގައި ބުނެފައިވަނީ ރަސްކަމުގެ ދަރުބާރުން އެގޮތައް ނިންމެވީ، މިހާރު ފެތިރެމުންދާ ކޮވިޑް-19 ރޯގާއިން މިންޖުވުމަށް އެޅޮ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

Advertisement - worldAdvertisement

ރަސްކަމުގެ ދަރުބާރުގެ އިސްވެރިޔާ ޝައިޚް ޢަބްދުއްރަޙްމާން އަލް-ސުދައިސްއާއި ޙަވާލާދީ ގަލްފުގެ ނޫސްތަކުން ޚަބަރުފަތުރާގޮތުގައި، އަންނަ ރަމަޟާންމަހުގެ މި ދެތަނުގައި ފަރްޟު ފަސް ނަމާދުކުރުމާއި، ތަރާވީޙް ނަމާދު ކުރުމާއި، އިއުތިކާފުކުރުމާއި، ރޯދަވީއްލުންވެސް މަނާވާނެއެވެ. މިގޮތަށް ނިންމެވީ އަޅުވެރިންނާއި، ސައުދީއަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އާއްމު ޞިއްޙީ ރައްކާތެރިކަމަށްޓަކައި ކަމަށް އަލް-ސުދައިސް ވިދާޅުވެފައިވެއެެވެ. އެހެންނަމަވެސް، މީގެއިން ގެފުޅު ބަލަހައްޓާ ފަރާތްތަކާއި، ރިޔާސީ މަސްއޫލުވެރިންނާއި، ގެފުޅާއި ހަރަމްފުޅު ސްޓެރެލަިޒްކުރާ ފަރާތްތައް އިސްތިޘްނާވާނެކަމަށްވެސް އަލް-ސުދައިސް ވިދާޅުވެފައިވެއެވެ.

ދެހަރަމްފުޅުގައި ރަމަޟާންމަހު ތަރާވީޙު ނަމާދު ކުރުކޮށް ކުރިޔަށް ގެންދާނީ 10 ރަކުޢަތްކަމަށާއި، އަދި ފަތިސްނާމާދުގައި ޤުނޫތުގެ ބަދަލުގައި ކިޔާނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެދިކުރާ ދުޢާއެއްގެ ގޮތުގައި ރަސްކަމުގެ ދަރުބާރުން ވަނީ ނިންމާފައެވެ. އަދި އެއްވެސް ޙާލަތެއްގައި ދެ ޙަރަމްފުޅަށް މީހަކު ވަންނަނަމަ، ސްކްރީންކުރާނެކަމަށް ބުނެފައިވެއެވެ.

މާތްވެގެންވާ ދެ ޙަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތައް ކޮވިޑް-19 އިން ރައްކާތެރިކުރުމަށް، ގިނަ ފިޔަވަޅުތަކެއް ސައުދީ ސަރުކާރުން އަޅާފައިވެއެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުމާއި، އަދި އެމުޤައްދަސް ބިނާތަކައް ވަންނަ މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށް ތަރމަލް ބޮޑީ ސްކޭނަރަ ހަރުކުރެވިފައިވެއެވެ. މިއީ ރިއަލް ޓައިމްގައި މީހާގެ ޑާޓާއައި ވީޑިއޯ ރިކޯޑް ކުރެވޭ ގޮތައް ފަރުމާކޮށްފައިވާ ސްކޭނަރއެއްކަމަށްވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމުރާގެ އަޅުކަން އަދާކުރުމަށާއި އިއުތިކާފުކުރުމަށް އެއްމިލިޔަނަށްވުރެ ގިނަ މީހުން ސައުދީޢަރަބިއްޔާއަށް ޒިޔާރަތްކުރެއެވެ. ސައުދީ ސަރުކާރުން މިއަހަރު އެއްވެސް ޤައުމަކުން އެޤައުމަށް މީހުން އެތެރެނުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެޤައުމުގެ ދީނީ ޢީލްމުވެރިން ވަނީ ގޭގައި ތިބެގެން ނަމާދާއި އެހެނިހެން އަޅުކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. ރަސޫލާގެ ޙަދީޘްތަކާއި ސުންނަތައް ރިޢާޔަތްކުރައްވާ ދީނީ ޢިލްމުވެރިން ގެންދަވަނީ މި ދަނށިވަޅުގައި މުސްލިމް ޢުއްމަތުން ޢަމަލުކުރަންވާ ގޮތް ހާމަކުރައްވައި އިލްތިމާސްކުރައްވަމުންނެވެ.

ސައުދީ ސަރުކާރުން ވަނީ މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައްވެސް މަޑުޖައްސާލުމަށް މުސްލިމް އަރަބި ޤައުމުތަކައް އަންގާފައެވެ. މިއަހަރު ޙައްޖުގެ އަޅުކަން ކެންސަލްކޮށްފިނަމަވެގެންދާނީ ރަސޫލާ ޙައްޖަތުލް ވަދާޢުގެ ފަހުން ޙައްޖުގެ މަތިވެރި އަޅުކަން ކެންސަލް ކުރި 41 ވަނަ ފަހަރަށެވެ. މީގެކުރިން 40 ފަހަރެއްގެ މަތިން ޙައްޖުގެ އަޅުކަން ކެންސަލްކޮށްފައިވެއެވެ. މީގެތެރޭގައި ގިނައީ ބަލިމަޑުކަމާހުރެ ކެންސަލް ކުރެވުނު ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް