Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ސިޓީ ލޮކްޑައުން ކުރުން

ކުޅުދުއްފުށި ވެސް ލޮކްޑައުނަށް

21 އެޕްރީލު 2020 | އަންގާރަ 07:10

ކުޅުދުއްފުށި ސިޓީ ލޮކްޑައުންކުރުމަށް ނިންމީ އެރަށުގައި މިހާރު ރާއްޖޭގައި ޕޮޒިޓިވްވެފައިވާ މީހަކާއި ކްލޯޒް ކޮންޓެކްޓެއް އުޅެމުންދާތީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އެޕްރީލު 2020 | އަންގާރަ 07:10
ކުޅުދުއްފުށިސިޓީ

ކުޅުދުއްފުށިސިޓީ

ކޮވިޑް-19 އަށް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ އަންގާރަ ދުވަހުގެ މެންދުރު 12 ން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ލޮކްޑައުންކުރުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން "ރާއްޖެ އެމްވީ" އަށް އެ ކަމާ ގުޅޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޅުދުއްފުށި ސިޓީ ލޮކްޑައުންކުރުމަށް ނިންމީ އެރަށުގައި މިހާރު ރާއްޖޭގައި ޕޮޒިޓިވްވެފައިވާ މީހަކާއި ކްލޯޒް ކޮންޓެކްޓެއް އުޅެމުންދާތީކަމަށެވެ. އަދި މިނިންމުން ނިންމީ ރައްކާތެރިކަމުގެ ގޮތުން އެރަށުގެ ޓާސްކް ފޯހުންކަމަށް އަބްދުއް ލަތީފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަދި މިހާރު ކްލޯޒް ކޮންޓެކްޓްވި މީހާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާއި ނަމަވެސް އެމީހާ މީގެކުރިން މާލެއިން ކުޅުދުއްފުއްޓަށް އައިސް ރަށުތެރޭގައި އުޅެފައިވާކަމަށް އަބްދުއް ލަތީފް ހަސަން ވިދާޅުވި އެވެ. އެމީހާ މާލެއިން ކުޅުދުއްފުއްޓަށް އައިސްފައިވަނީ 337 މީހުންނާއެކު ކަނޑުބޯޓެއްގައި މިމަހުގެ 14 ވަނަ ދުވަހު ކަމަށްވެސް އަބްދުއް ލަތީފް ހަސަން ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކުރުމަށް ނިންމި ނިންމުމުގެ އިތުރު ތަފްސީލް ދެއްވަމުން އެސިޓީގެ ޓާސްކް ފޯހުގައި އިސްކޮށް އުޅުއްވާ އަދި ކުޅުދުއްފުށި ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާޢޫދު ވިދާޅުވީ މިނިންމުން ނިންމީ ހއ އުލިގަމުން ޕޮޒިޓިވްވި މީހާއާއެކު ކުޅުދުއްފުށީގައި މިވަގުތު ހުރި މީހާ މާލޭގައި ހުރިއިރު ރޫމް ޝެއަރ ކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފިޔަވަޅު އެޅުއްވީކަމަށް ދާޢޫދު ވިދާޅުވި އެވެ.

އުލިގަމުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް އޮތީ ލޮކްޑައުން ކޮށްފައެވެ. އުލިގަމުން ޕޮޒިޓިވްވި މީހާގެ 131 ކޮންޓެކްޓުން ހޯދިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.

އޭނާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ކަނޑުބޯޓެއްގައި އުލަގަމަށް ދިޔަ މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން، އުލިގަމާއެކު އެ ބޯޓުން މީހުން ފޭބި ރަށްތައް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ކުޅުދުއްފުށި ސިޓީ ލޮކްޑައުންކުރުމަށް ނިންމުމާއެކު މިއީ ރާއްޖޭގެ ރަށެއްގައި ހަރަކާތްތެރިިވާ ޓާސްކް ފޯހަކުން ރަށެއް ލޮކްޑައުން ކުރަން ނިންމި ފުރަތަމަ ނިންމުމެވެ. އަބްދުއް ލަތީފް ވިދާޅުވީ ލޮކްޑައުން ކުރުމުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާނެކަން އެނގޭ ކަމަށާއި އެހެން ނަމަވެސް މިއީ ހުރިހާ ރައްޔިތުންގެ ރައްކާތެެރިކަމަށް އެޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.

އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް އާއިރު ރާއްޖެއިން 82 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2017

އެމްޑީޕީގެ ވެރިކަން ބަދަލުވީ އިންޑިޔާއާ ގުޅާލެވޭ ވިޔަފާރީގެ ހަބަކަށް ކުޅުދުއްފުށި ހެދުމުގެ މަޝްރޫއު ފަށަން އުޅެނިކޮށް!

26 އޮކްޓޯބަރު 2017
އެމްޑީޕީގެ ވެރިކަން ބަދަލުވީ އިންޑިޔާއާ ގުޅާލެވޭ ވިޔަފާރީގެ ހަބަކަށް ކުޅުދުއްފުށި ހެދުމުގެ މަޝްރޫއު ފަށަން އުޅެނިކޮށް!
23 އޮކްޓޯބަރު 2017

އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް

23 އޮކްޓޯބަރު 2017
އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް
16 އޮކްޓޯބަރު 2017

"އަބުރުފުޅު ފަންޑު" ގެ ހަރަކާތްތައް ހދ.ކުޅުދުއްފުށި އަދި ބ.ކަމަދޫގައި ފަށައިފި

16 އޮކްޓޯބަރު 2017
"އަބުރުފުޅު ފަންޑު" ގެ ހަރަކާތްތައް ހދ.ކުޅުދުއްފުށި އަދި ބ.ކަމަދޫގައި ފަށައިފި
04 ސެޕްޓެމްބަރު 2017

ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

04 ސެޕްޓެމްބަރު 2017
 ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
19 ޖުލައި 2017

ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީ ކުރާ ކުންފުންޏަށް ދެ ފަޅުރަށް!

19 ޖުލައި 2017
ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީ ކުރާ ކުންފުންޏަށް ދެ ފަޅުރަށް!
19 ޖޫން 2017

ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި

19 ޖޫން 2017
ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި
08 އެޕްރީލު 2017

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް