Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

ހިނގަމުންދަނީ، އެސެންޝިއަލް ނިއު ބޯން ކެއާރ، އައިވީ އިންފިއުޝަން އަދި ބްލަޑް ޓްރާންސްފިއުޝަން އާއި ބެހޭ ތަމްރީންތަކެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2017 | ހޯމަ 11:21
ހދ. ކުޅުދުއްފުށި ހޮސްޕިޓަލް: އެ ހޮސްޕިޓަލް ތަރައްގީކޮށް، ހިންގުމަށް މިހާރު ވަނީ އިންޑިއާގެ ނިމްސް އާއި ހަވާލުކޮށްފައި--

ހދ. ކުޅުދުއްފުށި ހޮސްޕިޓަލް: އެ ހޮސްޕިޓަލް ތަރައްގީކޮށް، ހިންގުމަށް މިހާރު ވަނީ އިންޑިއާގެ ނިމްސް އާއި ހަވާލުކޮށްފައި--

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން އެސެންޝިއަލް ނިއު ބޯން ކެއާރ، އައިވީ އިންފިއުޝަން އަދި ބްލަޑް ޓްރާންސްފިއުޝަން އާއި ބެހޭގޮތުން ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ގެ ޑިރެކްޓަރު އަލީ އުސައިދު އާއި ހަވާލާދީ ކުޅުދުއްފުށި އޮންލައިނުން ބުނެފައިވާގޮތުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ތިން ދުވަހުގެ މުއްދަތަށެވެ.

އެގޮތުން ކޮންމެ ދަންފަޅިއެއްގައި 30 ނަރުހުން ބައިވެރިވާނެ ކަމަށާއި، މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ހޮސްޕިޓަލް މަލްޓި ސްޕެޝިއަލިޓީ ހޮސްޕިޓަލަކަށް ބަދަލުވާއިރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންގެ ފެންވަރު މަތި ކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށް އުސައިދު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައި ވަނީ ކަމުގެ ތަޖުރިބާ ލިބިފައިވާ ނޫރުލް އިސްލާމިކް ކޮލެޖު އޮފް ނާރސިން އިންޑިޔާގެ ވައިސް ޕްރިންސިޕަލް ޖޯސެފިން އީވް އެވެ.

ކުރިއަށް އޮތްތަނުގައި މީގެ އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުސައިދު ވިދާޅުވި އެވެ.

މިދިއަ ޖުލައި މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމަށް އިންޑިއާގެ ނިމްސްއާ ރަސްމީކޮށް ހަވާލު ކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒީމް އިބްރާހީމެވެ. އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ނިމްސް ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ އެމްޑީ ފައިޒަލް ހާން އެވެ.

އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުން އެކި ދާއިރާތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ލިބިގެންދާނެ އެވެ. ޑައިގްނޯސްޓިކް ޚިދުމަތްކުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތާއި ސީޓީ ސްކޭން އައި އެމްއާރްއައި ސްކޭނިންގެ ހިދުމަތް ލިބޭނެ އެވެ.

މިނިސްޓަރު ނާޒިމްމް ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ އެވެ. މިހާރު އެއީ 50 އެނދުގެ ހޮސްޕިޓަލަކެވެ. މި ހުރިހާ ޚަރަދެއް ކުރުމަށް ވެސް ހަމަޖެހިފައިވަނީ ނިމްސް ހޮސްޕިޓަލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމްސް އެމްޑީ ފައިޒަލް ހާން ވިދާޅުވީ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ ނޫން ވެސް މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށެވެ. އެ ގޮތުން އެންމެ ޒަމާނީ އައިސީޔޫ އާއި އެ ނޫން ވެސް ތަންތަން ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު