Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެތަކަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުން

އިތުރު ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ޑެލިވަރީގެ މަސައްކަތް ދަނީ ކުރިއަށް: އެންޒީ

ހެނދުނު 8ން ރޭގަނޑު 11ށް ޑެލިވަރީކޮށްދޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އެޕްރީލު 2020 | އަންގާރަ 04:36
އެންޒީގެ މަސްދަޅެއް

އެންޒީގެ މަސްދަޅެއް

އިތުރު ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ޑެލިވަރީގެ މަސައްކަތް ކުރިއަށްދާ ކަަމަށް އެންސިސް ފިޝަރީޒުން ބުނެފިއެވެ.

އެންސިސުން ބުނީ މިދަނީ ލިބިފައިވާ ހުރިހާ ޑެލިވަރީތަކެއް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި ކޮވިޑް19ގެ މި ދަތި ހާލަތާއި ގުޅިގެން ގްރޭޓަރ މާލޭގެ ސަރަހައްދު ލޮކްޑައުން އަކަށް ދިޔުމާއި ގުޅިގެން މާލެ އަދި ހުޅުމާލޭގައި ކޮންމެ ދުވަހަކު ހެނދުނު 8ން ރޭގަނޑު 11ށް ޑެލިވަރީ ޓީމުތައް ހަރަކާތްތެރިވަމުންދަ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ވަރަށް ބައިވަރު އޯޑަރު ލިބިފައިވާތީ، ޑެލިވަރީ ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވުމުން ޑެލިވަރީ ކުރުމުގެ ޙިދުމަތް ފުޅާކޮށް އިތުރު ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތާއެކު 20 އޭޕްރިލް 2020 ން ފެށިގެން ޑެލިވަރީ ކުރާ ފަރާތްތަކުގެ ބިލުގެ ޖުމްލަ 750ރ އަށްވުރެ ކުޑަވެއްގެނަމަ ޑެލިވަރީ ފީ އެއްގެ ގޮތުގައި 20ރ ނެގުމަށް ނިންމާފައިވާ ކަމަށެވެ.

މިވަގުތު އޯޑަރުތައް ނަގަމުން މިދަނީ ވައިބަރ މެދުވެރިކޮށް ކަަމަށް ވެސް އެންސިސުން ބުނެއެވެ.

ޑެލިވަރީގެ ކަންތައްތައް ކުރަމުން ދަނީ އެންޒީއަށް ޑެލިވަރީތައް ލިބިފައިވާ ތަރުތީބުންކަން ފާހަގަކޮށް އެންޒީން ބުނީ މިފަދަ ވަގުތެއްގައި ލިބިފައިވާ ޑެލިވަރީ ތަކުގެ އަދަދު ގިނަކަމުން ޑެލިވަރީ ލިބުމުގައި ލަސްވެފައިވާތީވެ، ހުރިހާ ކަސްޓަމަރުންގެ ފަރާތުންވެސް ނިހާޔަށް މައާފަށް އެދޭ ކަމަށެވެ..

ހުރިހާ ފަރާތްތަކެއްގެ ސާލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށްފަހު 19 އޭޕްރިލް 2020ން ފެށިގެން އެންޒީއިން ހަމައެކަނި އޮންލައިން ޕޭމަންޓް ނެގުމަށް ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު