ކ. މާލެ
|
20 އޭޕްރިލް 2020 | ހޯމަ 13:14
ޖަމާއަތުގައި ބަޔަކު ރޯދަ ވިއްލަނީ... ސިއްހީ މާހިރުންގެ ލަފަޔަކީ ކޮވިޑް-19 ގެ ދުވަސްވަރު މިފަދަ ހަރަކާތްތައް ނުބޭއްވުން
ޖަމާއަތުގައި ބަޔަކު ރޯދަ ވިއްލަނީ... ސިއްހީ މާހިރުންގެ ލަފަޔަކީ ކޮވިޑް-19 ގެ ދުވަސްވަރު މިފަދަ ހަރަކާތްތައް ނުބޭއްވުން
އޭއެފްޕީ
ކޮވިޑް-19 އާއި ރޯދަ
ބަލިމަޑުކަމުގެ ތެރޭގައި ރޯދަ ހިފުމާ ބެހޭ ގައިޑްލައިނެއް ޑަބްލިޔު.އެޗް.އޯ އިން ނެރެފި
ރޯދަ މަހުގެ އަޅުކަންތައް އަދާ ކުރުމުގައި ވެސް ގައިދުރުކަން ބެހެއްޓުން މުހިންމު

މި އަހަރުގެ ރަމަޟާން މަސް ދިމާވަނީ މުޅި ދުނިޔެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވާ ކަމަށް ވުމާއެކު، މިފަދަ ހާލަތެއްގައި ރޯދައިގެ އަޅުކަން އަދާ ކުރުމުގައި ސިއްހީ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ހިމެނޭ ގައިޑްލަން އެއް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ނެރެފިއެވެ.

"ސޭފް ރަމަޟާން ޕްރެކްޓިސަސް އިން ދަ ކޮންޓެކްސްޓް އޮފް ކޮވިޑް-19" ގެ ނަން ދީފައިވާ މި ގައިޑްލައިން ވަނީ ރޯދައިގެ އަޅުކަން އަދާ ކުރުމުގައި ސިއްހީ ގޮތުން ސަމާލުވާން ޖެހޭ ކަންކަން ފާހަގަ ކޮށްފައެވެ.

މި ގޮތުން ގައިޑްލައިންގައި، ގައި ދުރުކަން ބެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅާ ގޮވާލާފައިވެއެވެ. ޑަބްލިޔު.އެޗް.އޯ އިން ބުނީ އެންމެ ކުޑަވެގެން 1 މީޓަރު (ނުވަތަ 3 ފޫޓު) ދެ މީހުންގެ ދޭތެރޭގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

ޑަބްލިޔު.އެޗް.އޯ ގެ ގައިޑްލައިންގައި ބުނެފައިވަނީ އަތާ އަތްޖޯޑުކޮށް ސަލާން ކުރުމުގެ ބަދަލުގައި، މިހާލަތުގައި އެދެވިގެންވަނީ އަތުން އިޝާރާތް ކޮށްލުން ނުވަތަ މޭމަތީގައި އަތް ޖައްސާލުން ފަދަ ގޮތަކަށް ސަލާން ކުރުމަށެވެ.

ކޮރޯނާވައިރަސް އާއްމުކޮށް ފެތުރެނީ ގައިގޯޅިވެ އުޅުމުންނާއި ވައިރަސް ހޭކިފައިވާ ތަނެއްގައި ޖެހުމުގެ ސަބަބުން ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ޑަބްލިޔު.އެޗް.އޯ އިން ބުނެފައިވަނީ، މީހުން އެއްވެ ކުރަންޖެހޭ ކަންކަން އެނޫން ގޮތަކަށް ކުރިއަށް ގެންދެވޭތޯ ސީރިއަސް ކޮށް ބަލަންޖެހޭ ކަމަށާއި، ޖަމާއަތުގައި ކުރުން މި ދުވަސްވަރަށް ނޭދެވޭ ކަންކަން ކުރިއަށް ގެންދިއުމުގައި ޓީވީ، ރޭޑިއޯ އަދި މި ނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބަލިން ރައްކާތެރިވުމަށް ގައިދުރުކަން ބެހެއްޓުމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދަށް ފުރިހަމަ އަށް ބޯލެނބުމަށްވެސް މި ގައިޑްލައިންގައި ގޮވާލާފައިވެއެވެ.

ޑަބްލިޔު.އެޗް.އޯގެ ގައިޑްލައިންގައި ބުނެފައިވަނީ، ރޯދައަށް ހިފުމާއި، ބަލި ޖެހުމާ ހުރި ގުޅުން އެނގޭނެ އިލްމީ ދިރާސާއެއް އަދި ކުރެވިފައި ނެތް ކަމަށެވެ.

- ކޮމެންޓް
21 އޭޕްރިލް 2020 | އަންގާރަ 15:27
ޏަ
މުސްލިމުންނަށް އެންމެ އަ އުލާކަންބޮޑީ އަގަބަހުން ކުރެވޭ ސަލާމް
21 އޭޕްރިލް 2020 | އަންގާރަ 06:51
މުހައްމަދު
އިގިރޭސި ބަހުން އޮތް ލިއުން ދިވެހިބަހަށް ތަރުޖަމާ ކުރިގޮތް ރަނގަޅެއްްނޫން. އެއީ މިހާރުގެ ހާލަތާއި ގުޅިގެން ރޯދަމަހު އުޅުން ބަހަށްޓަންވީގޮތް ބުނެދޭން ޑ. އެޗް. އޯ އިން ނެރެފައިވާ ރެކަމެންޑޭޝަނެއް. ކިޔާއެއްޗެއް ކިޔާ މީހުންނަށް ނޮއޮޅޭގޮތަށް ލިއުމަކީ ލިޔާމީހާއާއި އެޑިޓަރުގެ އެއްމެ މުހިއްމު ޒިއްމާ. އެހެން ނޫނިއްޔާ ލިޔުންތަކުގެ އިތުބާރު ގެއްލި ވިޔަފާރި ބަނގުރޫޓުވެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ.
20 އޭޕްރިލް 2020 | ހޯމަ 15:21
ޔޫޝަޢު - 7635900
ދުނިޔޭގެ ބަލިމަޑުކަން މިދަރަޖައަށް މި ދިޔައީ ޑަބްލިއު އެޗްއޯގެ ދައުރު އަދާނުކުރެވުމުގެ ސަބަބުން ؛ 1. ބައްޔާބެހޭ ސައްޚަ މަޢުލޫމާތު ފެތުތުމުގެ ބަދަލުގައި ޗައިނާގެ ޚަބަރުފަތުރާ ވަޞީތަލްތަކަށް ބަރޯސާވެ ގައިންގަޔަށް ނާރާ ބައްޔެއް ކަމަށް ޑަބްލިއު އެޗް އޯއިން ބުނެ ދޮގޮ ހަބަރު ފެތުރުން 2. އަދިވެސް މިބަލި ޖެހޭ އަސްލުގުނަވަން ( ސީސީއާރ5 ވޯލް އަށްތޯ ނުވަތަ ނޫންތޯ ) ދެނެގަނެވިފައިނުވުން . ބަލިޖެހޭ މީހާއަށް އަލުން ބަލި ޖެހުމަކީ ކަމުގެ ނުރައްކާ ބޮޑު ކަމަށް ދައްކުވައިދޭ ކަމެއް (އެޗްއައިވީ ޖެހެނީ ސީސީއާރ5 ވޯލް އަށް ނަތީޖާ އަކީ ވެކްސިނެއް ހޯދުމަށް އުއްމީދުކުޑަވުން) 3. ބަލީގެ ނުރައްކާ އޮތް މިންވަރަކީ ، މިބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ދުނިޔެއިން ޑައިނަސޯ ނެތިދިޔަފަދައިން އިންސާނީ ނަސްލު ނެތިދިއުމުގެ ބައްޔަކަށް މިބަލި ކަމުގައި ވުމުގެ ފުރުޞަތު ބޮޑުކަން 4. ބައްޔާއި މެދު ދިރާސާތައް ކުރުމުގެ ފުރިހަމަ ޤާބިލްކަން ކުރިއަރާފައިވާ ޤައުމުތަކަށްވެސް ، ވަގުތާއި ހާލަތުގެ ގޮތުން ލިބިފައި އަދި ނެތްކަން