Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވުން

އެއްބާރުލުން ނުދިން މީހާވެސް މިހާރު އެއްބާރުލުން ދޭން ފަށައިފި: މަބްރޫކް

މިހާރު ހޯދަން ބޭނުންވި ތަފްސީލުތައް ވަނީ ލިިބިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އެޕްރީލު 2020 | އާދީއްތަ 17:42
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް

ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ނުދޭ މީހަކު ކުރިން ހުރިނަމަވެސް، މިހާރު އޭނާގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ނުދޭ މީހަކު އެބަހުރި ކަމަށް މަބްރޫކް ކުރިން ވިދާޅުވި އެވެ. އާދިއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިހާރު އޭނާގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ހޯދަން ބޭނުންވި ތަފްސީލުތައްވެސް ލިބިފައިވާކަން މަބްރޫކު ފާހަގަކުރެއްވި އެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، އެކަންކަމާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި ވަކި މީހަކަށް އަމާޒުވާ ގޮތަށް ހީއެއްގެ މައްޗަށް މީހުންގެ ފޮޓޯ އާންމުކޮށް، ސީދާ ދޮގު މައުލޫމާތު ފަތުރަން ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ހާސްކަމުގެ ތެރެއަށް ވައްޓާލަމުންދާ ކަމުގެ މައުލޫމާތު ލިބޭއިރު، އެގޮތަށް އެކަން ނުކުރުމަށް މަބްރޫކު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މަބްރޫކު ވިދާޅުވީ، މީހެއްގެ ފަރާތުން އެއްބާރުލުން ނުދީގެން ނުވަތަ ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫ އަރާ ހިސާބުން އެފަދަ ފަރާތެއްގެ ނަމާއި ފޮޓޯވެސް ސަރުކާރުން އާންމު ކުރާނެ ކަމަށެވެ.

މަބްރޫކު އެހެން ވިދާޅުވެފައިވާއިރު، ބަލި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭ ފަރާތްތަކުގެ ވަނަވަރު ހާމަ ކުރެވޭ ގޮތަށް ޤަވާއިދެއްވެސް ވަނީ އެކުލަވާލެވިފަ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު