Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވް ގޭހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް

ޑެލިވަރީކުރުމަށް ލަސްވިނަމަވެސް އޯޑަރުކުރާ ދުވަހު ގޭސްފުޅި ލިބޭނެ: މޯލްޑިވް ގޭސް

19 އެޕްރީލު 2020 | އާދީއްތަ 08:43

ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 19 އެޕްރީލު 2020 | އާދީއްތަ 08:43
މޯލްޑިވް ގޭހުގެ ލުއި ފުޅިތަކެއް، ޚިދުމަތް ނުކެނޑި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވޭ

މޯލްޑިވް ގޭހުގެ ލުއި ފުޅިތަކެއް، ޚިދުމަތް ނުކެނޑި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވޭ

ގޭސްފުޅި ޑެލިވަރީކުރުމަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް އޯޑަރުކުރާ ދުވަހު ގޭސްފުޅި ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެފިއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވް ގޭހުގެ މެނޭޖަރ މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް، އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި ވެސް ގޭހުގެ ޚިދުމަތް މެދުނެކެނޑި ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންދާ ކަަމަށެވެ. ގޭހަށް ނުޖެހޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

Advertisement - newsAdvertisement

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ގޭސް ޑެލިވަރީ ދުވަހުން ދުވަހަށް ފޯރުކޮށްދެމުންދާ ކަމަށް އައިމިނަތު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގޭސްފުޅި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވަގުތާއި، ގޭހަށް އޯޑަރު ދޭނެ ގޮތަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އައިމިނަތު ވިދާޅުވީ އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން 16:00 ށް ގޭހަށް އޯޑަރު ނަގާނެ ކަމަށެވެ. ގޭހަށް އޯޑަރު ދިނުމަށްޓަކައި ކޮންމެ ދުވަހަކު ވެސް 9:00 ން 16:00 ށް އޯޑަރު ދިނުމަށް އެދިފައިވެއެވެ. އަދި ވިދާޅުވީ ހުކުރު ދުވަހުގެ 16:00 ން ރޭގަނޑު 20:30 ށް ގޭހަށް އޯޑަރު ކުރެވޭނެ ކަމަށެވެ.

މޯލްޑިވް ގޭހުގެ މުއައްޒަފުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި އައިމިނަތު ވިދާޅުވީ ގޭހަށް އޯޑަރ ދިނުމަށް ބޮޑަށް ބާރުއަޅަނީ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ވެބްއޯޑަރ ސަރވިސް ބޭނުން ނުކުރެއްވޭނެ މީހުންނަށް ކޯލް ސެންޓަރު 1616 ގުޅައިގެން އޯޑަރު ދެވޭނެ ކަމަށެވެ.

އަތޮޅުތެރެއަށް ދެމުންދާ ޚިދުމަތަށް އަލިއަޅުއްވާލައްވާ އައިމިނަތު ވިދާޅުވީ ހުރިހާ ރަށަކަށް ގޭހުގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ގޭސްފުޅި ފޯރުކޮށްދެމުންދަނީ މޯލްޑިވް ގޭހުގެ އެޖެންޓުން މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގައި ދަތުރުފަތުރުގެ ދަތިކަން ދިމާވުމުގެ ސަބަބުން ބައެއް އެޖެންޓުންނަށް ގޭސް ފޯރުކޮށްދިނުމަށް ދަތިތައް ދިމާވަމުންދާކަން އައިމިނަތު ފާހަގަކުރެއްވިއެވެ.

އައިމިނަތު ވިދާޅުވީ މިހާރު އަތޮޅުތެރެއިން ގޭސްބަލާ އަންނަ ދޯނިތަކަށް ތިލަފުށިން ޚާއްސަ ހުއްދައެއްގެ ދަށުން އެޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ކަމަށެވެ. މިއީ ޒަރޫރީ ބޭނުމަކަށް ބޭނުންކުރާ އެއްޗަކަށްވާތީ މިމަސައްކަތުގައި އެންމެންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އައިމިނަތު އެދިފައިވެއެވެ. އަދި ވިދާޅުވީ މަސައްކަތް ކުރަނީ އެއްވެސް ބަޔަކަށް ދަތިނުވެ ގޭހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން އައިމިނަތު ވިދާޅުވީ ގޭހުގެ ޑެލިވަރީގެ ކަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ދެފަރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

އެގޮތުން ގޭސްފުޅި ޑެލިވަރ ކޮށްދެވޭނީ އިމާރާތުގެ ބޭރު ދޮރާހަމައަށް ކަމަށާއި، ކޮންމެ ގޭބިސީއަކުން ވެސް ނެރޭ ހުސް ގޭސްފުޅި ޕިކަޕަށް އަރުވާނީ ވެސް ޑިސްއިންފެކްޓް ކުރުމަށްފަހު ކަމަށެވެ. އަދި ކޮންމެ ސިލިންޑަރު ޑިންސްއިންފެކްޓު ކުރާނެކަމުގެ ޔަގީންކަން އައިމިނަތު ދެއްވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް