Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްއޭ އާއި ބޭންކުގެ ޚިދުމަތް

ލޮކްޑައުން ގައި ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނާނީ 19 އަދި 20 ވަނަ ދުވަހު

އެމް.އެމް.އޭ. ހުޅުވާފައި ހުންނާނީ ހެދުނު 9:30ން މެންދުރު 12:30ށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 އެޕްރީލު 2020 | ހޮނިހިރު 12:55
އެމްއެމްއޭ

އެމްއެމްއޭ

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި ވާތީ ކުރިއަށްއޮތް ހަފްތާގައި ޒަރޫރީ ބޭންކިންގް ޚިދުމަތްތައް ދިނުމަށް އެމް.އެމް.އޭ. އަދި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 އަދި 20 އޭޕްރީލް ގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މިގޮތުން އެމް.އެމް.އޭ. ހުޅުވާފައި ހުންނާނީ ހެދުނު 9:30ން މެންދުރު 12:30ށް ކަމަށާއި ނަމަވެސް އެމް.އެމް.އޭ. އިން މިދުވަސްތަކުގައި އާންމުންނަށް ޚިދުމަތެއް ނުދޭނެކަމަށް އެއޮތޯރިޓީން ބުނެ އެވެ.

މި ދެދުވަހު ބޭންކުތަކުން ފޯރުކޮށްދޭ ޒަރޫރީ ޚިދުމަތްތަކުގެ ތެރޭގައި ޓީޓީ ހެދުން، ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަދާ އޭ.ސީ.އެޗް./އާރް.ޓީ.ޖީ.އެސް. ޕޭމަންޓުތައް ހެދުން، ލެޓަރ އޮފް ކްރެޑިޓްގެ ޚިދުމަތް އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްތައް ހިމެނޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ޚިދުމަތްތައް ހޯދުމަށް ބޭންކުތަކަށް އައުމުގެ ބަދަލުގައި، އެ ޚިދުމަތަކަށް އެދޭ ފޯމް ނުވަތަ ރިކުއެސްޓު އެ ބޭންކަކުން ހަމަޖައްސާފައިވާ ގޮތަކަށް އޮންލައިން ކޮށް ފޮނުއްވުމަށް އެމްއެމްއޭ އިން އެދެ އެވެ.

ބޭންކުތައް ހުޅުވާ ގަޑިތަކާއި، ދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ފޯރުކޮށްދޭ ގޮތުގެ ތަފްސީލު އެ ބޭންކަކުން އާންމު ކުރާނެއެވެ.

މި ފިޔަވަޅުތަކަކީ ލޮކްޑައުން ހާލަތުގައި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މުހިއްމު ކަންތައްތައް ކަމުން، މިކަމުގައި އާންމުންގެ އެއްބާރު ލުން މުހިންމު ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ކޮވިޑް-19 މާލޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ވަނީ ހުކުރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު