Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތް

ސްވިޑަންގައި ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވެލެއްވުމަށް ވޮލަންޓިއަރަކަށް ޕްރިންސެސް ސޮފިއާ ނިކުމެވަޑައިގެންފި

ޕްރިންސަސް ސޮފިއާ ވަނީ ސޮފިއަހެމެޓް ހޮސްޕިޓަލްގައި ވޮލަންޓިއަރ ކުރައްވާފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 18 އެޕްރީލު 2020 | ހޮނިހިރު 02:40
ޕްރިންސަސް ސޮފިއާ

ޕްރިންސަސް ސޮފިއާ

ދުނިޔޭގައި ހަލުވިކަމާއެކު އަދިވެސް ފެތުރެމުންދާ ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ސްވިޑަންގެ ޕްރިންސެސް ސޮފިއާ ނިކުމެވަޑައިގަންނަވައިފިއެވެ.

ސޮފިއަހެމެޓް ހޮސްޕިޓަލުން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ބޭސިކް ނަރުހުންގެ ޓްރެއިނިންގ ކޯސްއަކަށް ފަހު ޕްރިންސެސް ސޮފިއާ ވޮލަންޓިއަރެއްގޮތަށް ހޮސްޕިޓަލާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. އެކަމަނާ އަކީ އެ ހޮސްޕިޓަލްގެ ހޮނިރަރީ ޗެއާއެކެވެ.

ވޮލަންޓިއަރ މަސައްކަތް ކުރައްވަން ފައްޓަވާފައިވާކަން ސޮފިއާ ވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެކަމަނާގެ އިންސްޓަގްރާމްގައި ނަރުހުންގެ ޔުނިފޯމް ތުރުކުރައްވާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައިވެއެވެ.

ސޮފިއާ ވިދާޅުވީ، ހެލްތްކެއަރ އާ ގުޅުންހުރި ކޯހެއް މިދިޔަ ހަފްތާގައި ނިންމަވާފައިވާ ކަމަށާއި އެއަށްފަހު މިހާރު ސޮފިއަހެމެޓް ހޮސްޕިޓަލްގެ ޔުނިޓެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަނާގެ މަސައްކަތްތަކުގެ ތެރޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފެސޭހަކޮށްދިނުމަށް އެމީހުންނަށް އެހީވެމަށް ކުރަންޖެހޭ ކަންތައް ހިމެނެއެވެ. އޭގެ ތެރޭގައި ޕޭޝަންޓުންނަށް އަޅާލުމާއި ޔުނިޓް ސާފުކުރުން ހިމެނޭއިރު، އެކަމަނާ ސީދާ ޕޭޝަންޓުން ބައްދަލު ނުކުރައްވާނެ ކަމަށް ހޮސްޕިޓަލްގެ ތަރުޖަމާނު ބުނެފައިވެއެވެ.

މީގެ އިތުރުން ސޮފިއާ ވިދާޅުވީ މިއީ ވަރަށް "ރިވޯޑިންގ" މަސައްކަތެއް ކަމަށެވެ.

ސްވިޑަންގެ ރޯޔަލް ކޯޓުން ބުނީ، މި ދަނޑިވަޅުގައި ސޮފިއާ ބޭނުންފުޅުވެވަޑައިގަންނެވީ ވޮލަންޓިއަރ ކުރައްވައިގެން ހެލްތްކެއަރގެ މަސައްކަތުގައި އެހީވެލެއްވުމަށް ކަމަށެވެ.

ސްވިޑެންގެ ޕްރިންސެސްއެއް ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ވޮލަންޓިއަރ ކުރައްވާފައިވާއިރު، އަޔަލޭންޑްގެ ބޮޑު ވަޒީރު ލިއޯ ވަރަދްކާރ ވެސް ވަނީ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.

މެޑިސިންގެ ދާއިރާއިން ތައުލީމު ހާސިލްކުރެއްވި ވަރަދްކާރްއަކީ ސިޔާސީ މަސައްކަތް ފެއްޓެވުމުގެ ކުރިން ފިޒިޝަންއެކެވެ. އަދި މީގެ ކުރިން ގައުމުގެ ހެލްތު މިނިސްޓަރ މަގާމު ފުރުއްވާފައިވާ އެބޭފުޅާ މިހާރު ދަނީ ހަފްތާއަކު އެއް ޝިފްޓް ހަސްފަތާލުގައި މަސައްކަތް ކުރައްވަމުންނެވެ. އަޔަލޭންޑްގެ މެޑިކަލް ރެޖިސްޓަރ އިން ވަރަދްކާރް ނަގާފައިވަނީ ހެލްތް މިނިސްޓަރުގެ މަގާމު އައްޔަން ކުރުމުގެ އަހަރެއް ކުރިން، 2013 ގައެވެ.

އެބޭފުޅާ އަލުން މި މަސައްކަތާ ގުޅުނީ އަޔަލޭންޑްގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން މިވަގުތު މަސައްކަތް ނުކުރާ ހެލްތުކެއަރ މަސައްކަތްތެރިންނަށް މަސައްކަތަށް ނިކުންނަން ޖެހިދާނެކަމަށް ތައްޔާރުވުމަށް ހެލްތު ސަރވިސް އެގްޒެކެޓިވް އިން ގޮވާލުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު