Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކޮވިޑް-19 ހާލަތު

މިހާރު މި އޮތް ގޮތަށް ކުރިއަށްދާނަމަ ފަރުވާދޭނެ ކެޕޭސިޓީއެއް ނެތް، އިތުރު ވަސީލަތްތައް ބޭނުންވޭ: އެޗްޕީއޭ

އިތުރު އައިސީޔޫއާއި ވަސީލަތްތައް ބޭނުންވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އެޕްރީލު 2020 | ހުކުރު 16:59
އައިޖީއެމްއެޗް ލެބް - ބަލީގެ މިހާރުގެ ޙާލަތަށް ބަލާއިރު އިތުރު ވަސީލަތްތައް ބޭނުންވޭ

އައިޖީއެމްއެޗް ލެބް - ބަލީގެ މިހާރުގެ ޙާލަތަށް ބަލާއިރު އިތުރު ވަސީލަތްތައް ބޭނުންވޭ

އެންމެ ހަރުކަށި ފިޔަވަޅުތަކާއެކުވެސް މިހާރުގެ ރާއްޖޭގެ ޙާލަތަށް ބަލާއިރު ކޮވިޑް-19 97،000 އެއްހާ މީހުންނަށް ޖެހުމުގެ ފުުރުސަތު އެބަ އޮތް ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޑރ ޝީނާ މޫސާ ވިދާޅުވީ، މިހާރު މި އޮތް ގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭނެ ކެޕޭސިޓީއެއް ނެތް ކަމަށާއި، އިތުރު އައިސީޔޫއާއި ވަސީލަތްތައް ބޭނުންވާނެ ކަމަށެވެ. އެގޮތުން ފިޔަވަޅުތަކަށް 20 އިންސައްތައަށް އަމަލުކުރި ނަމަވެސް 100،605 މީހުން އެނދުމަތި ކުރެވި، 43،240 މީހުން އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދޭން ޖެހިދާނެ ކަމަށެވެ. އަދި އެންމެ ޕީކް ދުވަހު 17 ކޭސް ފެންނާނެ ކަމަށް ބެލެވޭކަަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ފިޔަވަޅުތަކަށް 50 އިންސައްތައަށް އަމަލު ކުރެވިއްޖެނަމަ 100،563 މީހުން އެނދުމަތި ކުރާން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވާއިރު، އެ ޙާލަތުގައި 43،222 މީހުން އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ޑރ ވިދާޅުވިއެވެ. އެގޮތުން އެ ޙާލަތުގައި އެންމެ ޕީކް ދުވަހުގައި 32 ކޭސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ ވިދާޅުވީ، ފިޔަވަޅުތަކަށް 75 އިންސައްތައަށް އަމަަލުކޮށްފިނަމަ އެނދުމަތި ކުރެވޭނެ ކަމަށް ބެލެވެނީ 97،015 މީހުން ކަމަށާއި، އެ ޙާލަތުގައި 41،697 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށެވެ.

ޑރ ވިދާޅުވީ، މި ފިޔަވަޅުތަކަށް އަމަލު ނުކުރެވިއްޖެނަމަ މިހާރުގެ ހާލަތަށް ބަލާއިރު، 14 ވަނަ ދުވަހާއި ހަމައަށް 19،468 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ނަމަވެސް ރަނގަޅު ފިޔަވަޅުތަކާއެކު މި އަދަދު 29 ގައި ހިފެހެއްޓިދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު