Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ހުތުބާ ސްޓޫޑިއޯއިން

ލޮކްޑައުން ކުރުމާ ގުޅިގެން ހުކުރު ހުތުބާ ސްޓޫޑިއޯއިން ގެނެސްދީފި

މިއީ ހުކުރު ނަމާދު ލައިވް ނުކުރެވިދިޔަ ފުރަތަމަ ފަހަރުކަމަށްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 އެޕްރީލު 2020 | ހުކުރު 13:20
މިއަދުގެ ހުކުރު ހުތުބާ އިސްލާމިކް ސްޓޫޑިއޯއިން ޑރ. އިޔާޒު ގެނެސްދެއްވަނީ

މިއަދުގެ ހުކުރު ހުތުބާ އިސްލާމިކް ސްޓޫޑިއޯއިން ޑރ. އިޔާޒު ގެނެސްދެއްވަނީ

ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރެން ފެށުމާގުޅިގެން މާލެ ސަރަހައްދު ލޮކްދައުންކުރުމުން، ހުކުރު ހުތުބާ ސްޓޫޑިއޯއިން ލައިވްކޮށް ގެނެސްދީފި އެވެ.

މާލެ ސަރަހައްދު ކޮލްޑައުން ކުރުމާއި ގުޅިގެން މާލެ ސަރަހައްދުން އެއްވެސް އުޅަންދެއް ފުރުން އަދި މާލެ ސަރަހައްދަށް އެއްވެސް އުޅަންދެއް އައުން ވަނީ މަނާ ކޮށްފަ އެވެ. އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް އެއްކޮށް ވަނީ މަނާކޮށްފަ އެވެ.

އެހެންކަމުން ދައުލަތުގެ މީޑިއާ ޓީވީއެމުން މެދުނުކެނޑި ގެނެސްދެމުންދިޔަ ހުކުރު ހުތުބާއާއި ހުކުރު ނަމާދު ލައިވް ނުކުރެވި ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އިސްލާމިކް ސްޓޫޑިއޯއިން ލައިވްކޮށް މިއަދުގެ ހުކުރު ހުތުބާ ގެނެސްދީފައިވެއެވެ. ހުކުރު ހުތުބާ ވިދާޅުވެދެއްވީ، ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެވެ.

އިސްލާމިކް ސްޓޫޑިއޯއަކީ އިސްލާމިކް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ސްޓޫޑިއޯ އެކެވެ. އެސްޓޫޑިއޯއިން ގެނެސްދިން ހުކުރު ހުތުބާ ހުރިހާ ޓީވީ ޗެނަލްތަކަށް ލައިވް ފީޑް ވަނީ ދޫކޮށްފަ އެވެ.

ކޮވިޑް-19އާ ގުޅިގެން، މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމަށް އެންގީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. މިހާލަތުގައި މާލެ ކައިރި އެހެން ރަށްތަކަށް ގޮސް، ޓީވީއެމް އިން ވަނީ އެހެން ހުކުރު ނަމާދުގެ ޖަމާއަތް ވަގުތުން ދުރަށް ދައްކާފަ އެވެ.

މިއަދުގެ ހުތުބާގައި އަލިއަޅުވާލައްވާފައި ވަނީ ޝައުބާން މަހާއި ހެޔޮ އަމަލުގެ މައްޗަށެވެ. އެގޮތުން ޝައުބާން މަހަކީ ހިތާއި ގުނަވަންތަކުން ރަމަޟާން މަހުގައި، ގަދައަޅައި އަޅުކަަން ކުރުމަށް ލިބިދޭ ތަމްރީނެއް ކަމަށާއި ޝައިޠާނާގެ ކަސްތޮޅުތަކުން މިނިވަންވެ، ހަވާނަފްސުގެ އެދުންތަކުން އެއްކިބާވެ، ބޭކާރު ވަހުމްތަކާއި ވަސްވާސްތަކުން ދުރުހެލިވެ ސީދާ ވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. މީގެއިތުރުން ޝައުބާމަހު ކީރިތި ރަސޫލާ މުޅި މަހު ކަހަލަގޮތަށް ސުންނަތް ރޯދަ ހިއްޕެވުމާއި، ރޯދަ މަހައް ތައްޔާރު ވުމުގެ ގޮތުން، އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވާފައިވާކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި އަލި އަޅުއްވާލައްވާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު