Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

އިންތިހާބުގައި ވާދަކުރާތީ ސަސްޕެންޝަނުގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ދެވޭތޯ ބަލަނީ

16 އެޕްރީލު 2020 | ބުރާސްފަތި 21:34

ސިވިލް ސަރވިސްގެ 204 މުވައްޒަފަކު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރޭ

އަލީ ސަމާޚް
އަލީ ސަމާޚް | 16 އެޕްރީލު 2020 | ބުރާސްފަތި 21:34
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ބައެއް މެމްބަރުން

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ބައެއް މެމްބަރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުން އިންތިހާބުގެ ގާނޫނުގެ ދަށުން މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑް ވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދެވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިވިލި ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސީއެސްސީން ނެރެފައިވާ ބަޔާނެއްގައި ވަނީ، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މުއްދަތު އިތުރުވެގެންދާކަމާއި، މި ކަމުގެ ސަބަބުން އެ އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ނުހަނު ގިނަ ގެއްލުންތަކާއި ދަތިތަކެއް ކުރިމަތިވަމުންދާކަމާ މެދު އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމުގަ އެވެ.

Advertisement - newsAdvertisement

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން ނަމަ، ސިވިލް ސަރވިސްގެ މުވައްޒަފަކު އިންތިހާބަކަށް ކުރިމަތިލައިފިނަމަ ސިވިލް ސަރވިސްގެ ވަޒީފާ އިން ސަސްޕެންޑް ވާނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މީހަކު ހުރި ވަޒީފާގެ އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުހިނގާނެ އެވެ.

މި މުވައްޒަފުންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށައަޅާފައިވާނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، މި މުވައްޒަފުންގެ މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ގޮވާލާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ފަހު، އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި މި މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާއިރު، މިހާތަނަށް ހައްލެއް އައުމާ ގާތަށް ވެސް އަދި ބަހުސް ކުރެވިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނާ ވެސް މިކަމުގެ މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ. އަދި އެ މުވައްޒަފުންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ޝަރުއީ މަރުހަލާ އަށް ދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

ސިވިލް ސަރވިސް ގައި މަސައްކަތްކުރާ 204 މުވައްޒަފަކު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެ އެވެ. އަދި އެޕްރިލް މަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު ފަސްވުމާއި ގުޅިގެން މި ފަރާތްތަކުގެ ހައްގުތަށް ގެއްލެމުންދާ މައްސަލައިގައި އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް