Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެއިން ކޮވިޑް-19 ފެނުން

ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހުންނާ ކޮންޓެކްޓްވި 242 މީހަކު ޓެސްޓް ކުރަނީ

ޕޭޝަންޓް 21 އާއި ޕޭޝަން 22 އާ ކޮންޓެކްޓިވީ 207 މީހެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 އެޕްރީލު 2020 | ބުރާސްފަތި 12:49
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ބުދަ ދުވަހު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނާއި ކުޑަ ކުއްޖާއާ ކޮންޓެކްޓްވި 242 މީހަކު ވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެންއީއޯސީ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ބުދަ ދުވަހު އެންމެ ފުރަތަމަ ޕޮޒިޓިވްވިކަން އެނގުނު މީހާއައި ދެވަނައަށް ޕޮޒިޓިވްވި ކުޑަ ކުއްޖަކީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު ކަމަށެވެ. އަދި ތިންވަނަ މީހާއަކީ ފުރަތަމަ ޕޮޒިޓިވްވި މީހާއާ "ކްލޯޒް ކޮންޓެކްޓްވި" މީހެއް ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 23 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ބުދަ ދުވަހު، ޕޮޒިޓިވްވީ "ޕޭޝަންޓް 21" އެވެ. ދެވަނައަށް ޕޮޒިޓިވްވި ކުޑަ ކުއްޖާއަކީ "ޕޭޝަންޓް 22" އެވެ. އަދި ތިންވަނަ އަށް ޕޮޒިޓިވްވީ މީހަކީ "ޕޭޝަންޓް 23" އެވެ. މިއި މިހާތަނަށް ރާއްޖެއިން "ކޮމިއުނިޓީ ސްޕްރެޑް" ގެ ގޮތުގައި ފާހަގަ ކުރެވުނު ފުރަތަމަ ކޭސް އެވެ.

މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން، ކުރެއްދޫ އިން ފެނުނު ފަސް މީހުން ފިޔަވައި ދެން ފެނުނު ކޭސްތަކަކީ، ރާއްޖެއަށް އިމްޕޯޓް ވެފައިވާ ކޭސްތަކެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އައި އެ 20 މީހުންގެ ތެރޭގައި ހިމެނޭ ފަސް ދިވެހިންނަކީ ރާއްޖެއިން ބޭރުން އައި ފަރާތްތަކެކެވެ.

މަބްރޫކް ވިދާޅުވީ ބުދަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އާއި ޕޭޝަންޓް 23 އަކީ "ކްލޯޒް ކޮންޓެކްޓް" ދެ މީހުން ކަމަށްވާތީ، އެބަލި އެރީ އެތަނުން ކާކުގެ ގައިން ކާކުގެ ގަޔަކަށް އަދި ސާފު ނުވާކަމަށެވެ. އެންއީއޯސީން ބުނީ ޕޭޝަންޓް 21 އަދި ޕޭޝަންޓް 22 އާ ކޮންޓެކްވި، މީހުންގެ ތެރެއިން 207 މީހަކާއި ޕޭޝަންޓް 23 އާ ކޮންޓެކްވި 23 މީހަކު ވާކަމަށެވެ.

އެގޮތުން ޕޭޝަންޓް 21 އާ ކޮންޓެކްޓްވި 207 މީހުގެ ތެރެއިން، ހައި ރިސްކް 75 މީހަކު އެބަހުރި ކަމަށާއި ޕޭޝަންޓް 23 އާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ހައިރިސްކް 7 މީހަކު ވާކަމަށެވެ.

މަބްރޫކް ވިދާޅުވީ، 5 ދުވަހުގެ ތެރޭގައި މިހާގިނަ ބަޔަކާއި ކޮންޓެކްވެފައިވަނީ، ޕާޓީ ބާއްވައި މަސްދަތުރުތައްފަދަ އެއްވެ އުޅުންފަދަ ކަންކަން ހިނގާފައިވާތީ ކަމަށެވެ. މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާއެކު މާލެ ސަރަހައްދުވަނީ ލޮކްޑައުން ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު