Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންމެން އެކުގައި މަސައްކަތް ކުރަން ގޮވާލުން

މިއީ ކުޅިވަރު އާއިލާ އެކުގައި މަސައްކަތް ކުރަންވީ ދަނޑިވަޅު: ސުޒޭން

ރާއްޖޭގައި ވަނީ ކުޅިވަރު ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އެޕްރީލު 2020 | ބުރާސްފަތި 07:31
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކުޅިވަރު އާއިލާގެ އެންމެން އެކުގައި މަސައްކަތް ކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ގޮވާލައިފި އެވެ.

ކޮވިޑް-19 ގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާއިރު، ކުޅިވަރު ހުރިހާ އެސޯސިއޭޝަނަކުން ވަނީ ކުޅިވަރު ހަރަކާތްތައް ހުއްޓާލާފައެވެ. އެގޮތުން މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރަން ނިންމާފައެވެ. އަދި އެހެން ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ވަނީ ސަރުކާރުގެ އެންގުމަށް އިޖާބަދީ، އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

ރާއްޖެ ޓީވީގައި ވާހަކަދައްކަމުން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ކޮވިޑް-19 ގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާއިރު، މީގެ ސަބަބުން އެކި ކުޅިވަރުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ކުޅިވަރު ހުރިހާ އެސޯސިއޭޝަނަކުން ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކޮށް، ކުޅިވަރަށް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ކުޅިވަރު އެކެޑަމީތަކުން ވަނީ އެ އެކެޑަމީތަކުގެ ހަރަކާތްތައްވެސް ހުއްޓާލާފައެވެ. މީގެ ތެރެއިން ގިނަ އެކެޑަމީތަކުގެ ކޯޗުންނަކީ އެ އެކެޑަމީތަކުން ލިބޭ މުސާރައަށް ބަރޯސާވާ ކޯޗުންނަށް ވާއިރު، މިފަދަ ދަނޑިވަޅެއްގައި އެ ކޯޗުންނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ސުޒޭން ބުނީ އަމިއްލަ އަށް އާމްދަނީ ހޯދާ ބައެއް ކޯޗުންނަށްވެސް މި ދަނޑިވަޅުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެކަންކަމަށްވެސް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށާއި، ކުޅިވަރު ކުޅުންތެރިންނަށްވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ހުއްޓިފައިވާ ކުޅިވަރު އެކެޑަމީތަކުގެ ހާލަތު އޮޅުންފިލުވައި އެހީތެރިވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވެސް މީގެ ކުރިން ވަނީ ގޮވާލައްވާފައެވެ. އަދި ފުޓްބޯޅައަށް ބަލާއިރު، ރާއްޖޭގެ ކްލަބުތަކަށް ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެފްއޭއެމުން އަންނަނީ ކްލަބުތަކާއެކު މަޝްވަރާކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 23 އަށް އަރާފައިވާއިރު، މީގެ ތެރެއިން 16 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު