Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓަރު/ ފަތުރުވެރިން

މިއަހަރު އަންނާނެކަމަށް މިހާރު ލަފާކުރެވެނީ 845،000 ފަތުރުވެރިން: މިނިސްޓަރު އަމީރު

15 އެޕްރީލު 2020 | ބުދަ 13:09

މިއީ ފަތުރުވެރިން ރާއްޖެއަށް މިއަހަރު ޒިޔާރާތްކުރަނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ 50 ޕަސެންޓް ދަށް އަދަދެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އެޕްރީލު 2020 | ބުދަ 13:09
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާނެކަމަށް ކުރިން އަންދާޒާކުރި އަދަދަށް ވުރެ ދެގުނަ ދަށަށްދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއަށް މައުލޫމާތު ހިއްސާކުރައްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރާނެ ކަމަށް މިހާރު އަންދާޒާކުރެވެނީ 845،000 ފަތުރުވެރިން ކަމަށެވެ.

Advertisement - newsAdvertisement

މިއަދަކީ، މިދިއަ 2019 އަވަނަ އަހަރު ފަރުވެރިން ރާއްޖެއަށް ޒިޔާރާތްކުރި އަދަދަށްވުރެ ދެ ގުނަ މަދު އަދަދެކެވެ. މިދިއަ އަހަރު ރާއްޖެއަށް 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. އެގޮތުން މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާނެ ކަމަށް ކުރިން އަންދާޒާކޮށްފައިވަނީ 1.7 ފަތުރުވެރިންނަށްވުރެ މަދުނުވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށްވުރެ އިތުރުވެގެންދިއުމަކީ އެމަނިކުފާނުގެ އަމާޒުފުޅެއް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، 27 މާރޗްގައި އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމާއެކު ފަތުރުވެރިންކަން އެއްކޮށް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. ދަތުރުފަތުރު އަލުން ހުޅުވާލެވޭނެ ދުވަސް އަންދާޒާކުރަން އުނދަގޫވުމާއިއެކު މިއަހަރުގެ ތެރޭގައި ފަތުރުވެރިން ޒިޔާރަތްކުރާނެ މިންވަރު ދެނެގަތުމަށް ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި އެކިއެކި މުޢައްސަސާތައް ގުޅިގެން ކުރިމަތިވެދާނެ ހާލަތްތަކެއް ތައްޔާރުކޮށްފައިވާކަމަށް އަމީރު ވިދާޅުވި އެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިއަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 60 އިންސައްތަ ދަށްވެފައިވާކަމަށެވެ. އަދި މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 382،000 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމާއެކު ރިއަލް ޖީޑީޕީ 11.5 އިންސައްތަ ދައްވާނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

ރާއްޖެއަށް ލިބޭ ބޭރުފައިސާގެ ބޮޑުބައެއް އަދި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނެވެ. އެގޮތުން ރާއްޖެއަށް ލިބޭ އާމްދަނީގެ 80 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދައިރާއިން ނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް