Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހިބަދޫގައި ހިނގި އަލިފާނުގެ ހާދިސާ

މަހިބަދޫ ފަޅު ތެރޭގައި އަޅާފައިވާ 7 އުޅަނދެއްގައި ރޯވެ އަނދާހުލިވެއްޖެ

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ބުދަ ދުވަހުގެ ފަތިހު 05:45 ހާއިރު ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 އެޕްރީލު 2020 | ބުދަ 03:35
މަހިބަދޫގެ ފަޅުތެރޭގައި އަޅާފައިވާ 7 ލޯންޗެއްގައި އަލިފާން ރޯވެ އަނދާ ހުލިވަނީ

މަހިބަދޫގެ ފަޅުތެރޭގައި އަޅާފައިވާ 7 ލޯންޗެއްގައި އަލިފާން ރޯވެ އަނދާ ހުލިވަނީ

އދ މަހިބަދޫ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ ރިޕޯޓު ލިބުނީ ބުދަ ދުވަހުގެ ފަތިހު 05:45 ހާއިރު ކަމަށެވެ. މިޙާދިސާގައި މަހިބަދޫ ފަޅުތެރޭގައި އަޅާފައިވާ ފަސް ލޯންޗަކާއި، ދެ ޑިންގީއެއްގައި އަލިފާން ރޯވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެ އެވެ. ރޯވެފައިވަނީ ޕޮލިސް ލޯންޗަކާއި، އެއަތޮޅު ކައުންސިލް ލޯންޗާ،އި ސީ އެމްބިޔުލެންސް ލޯންޗް އަދި އެޗްއެމްއެޗް އައި ޓްރެވަލްސް ކިޔާ ދެ ލޯންޗެއްގެ އިތުރުން ދެ ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ އާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މަޢުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ޚަލީލު ވިދާޅުވީ އަލިފާނުގެ ޙާދިސާ ހިނގިކަން އެނގުނީ ފަތިހު 5:30 ހާއިރުކަމަށާއި އެހާދިސާ ހިނގިކަން އެނގުމާއެކު ރަށު ރައްޔިތުން ނިކުމެ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި އެމްއެންޑީއެފުން އާއިރު އެއް ލޯންޗެއް ފިޔަވައި ހުރިހާ ލޯންޗެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ޚަލީލު ވިދާޅުވިއެވެ.

ޚަލީލު އިތުރަށް ވިދާޅުވީ ރޯވެފައިވާ 7 ލޯންޗްވެސް އަނދާހުލިވެފައިވާ ކަމަށާއި ރޯވި އެޗްއެމްއެޗް އައި ޓްރެވަލްސް އަކީ މާލެ ދަތުރުކުރާ ދެ ލޯންޗުކަމަށެވެ. އޭގެތެރެއިން ބޮޑު ލޯންޗަކީ 45 މީހުންގެ ޖާގައިގެ ލޯންޗެއްކަމަށާއި ދެވަނަ ލޯންޗަކީ 38 މީހުންގެ ޖާގައިގެ ލޯންޗެއްކަމަށް އަހުމަދު ޚަލީލު ވިދާޅުވި އެވެ. އަދި އަލިފާން ރޯވި އެއް ޑިންގީގައި 20 ފޫޓް ހުންނާނެކަަމަށާއި އަނެއް ޑިންގީގައި 18 ފޫޓް ހުންނާނެކަމަށް ޚަލީލު ވިދާޅުވި އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ޚަލީލު ވިދާޅުވިއެވެ. އަދި ޙާދިސާ ހިނގުމާއެކު އެޞަރަޙައްދުގައި އަޅާފައިވާ ލޯންޗުތައް އެހެން ޞަރަޙައްދަކަށް ގެންދިޔުމުގެ މަސައްކަތްކުރި ކަމަށް ޚަލީލު ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ މިހާތަނަށް އާއިރު އަލިފާން ރޯވުމަށް ދިމާވި ސަބަބެއް ނޭންގޭކަމަށާއި އެކަން ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަކަމަށެވެ. އަދި މިފަދަ ޙާދިސާއެއް ހިނގާފާނެކަމަށް ފުލުސް ސްޓޭޝަންގައި ލޯންޗުތައް އަޅާފައިހުންނަ ޞަަރަޙައްދަށްވާ ގޮތަށް ކެމެރާ ހަރުކޮށްފައި ހުންނާނެކަމަށް ޚަލީލު ވިދާޅުވިއެވެ.

ފަތިހު ރޯވި މިއަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 8:05 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު