Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ އިން ޝިޕްމަންޓެއް ގެނައުން

ރޯދައަށް އެސްޓީއޯއިން ކާޑުގެ ބާވަތްތަކާއި، ފިޔާ އަދި ބިސް ރާއްޖެ ގެނެސްފި

14 އެޕްރީލު 2020 | އަންގާރަ 14:16

މި މަހުގެ 23 ވަނަ ދުވަހު ވެސް އެސްޓީއޯގެ ޕެރިޝަބަލް ޝިޕްމަންޓެއް ވެސް ރާއްޖެ ގެންނާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 އެޕްރީލު 2020 | އަންގާރަ 14:16
އެސްޓީއޯ އިން ކާޑުގެ ބާވަތްތަކާއި ފިޔާ އަދި ބިސް ރާއްޖެ ގެނެސްފައިވަނީ މި ކާގޯ ބޯޓުން

އެސްޓީއޯ އިން ކާޑުގެ ބާވަތްތަކާއި ފިޔާ އަދި ބިސް ރާއްޖެ ގެނެސްފައިވަނީ މި ކާގޯ ބޯޓުން

ކުރިއަށް އޮތް ރަމަޞާން މަހަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކާޑުގެ ބާވަތްތަކާއި ފިޔާ އަދި ބިހުގެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯ އިން ބުނީ މި ޝިޕްމަންޓް ގެނެސްފައިވަނީ "އެމްވީ ބޮންތި" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގައި ކަމަށެވެ. އަދި ގެނެސްފައިވަނީ 5،000 ބަސްތާ ފިޔާ، 2،000 ކޭސް ބިސް، 990 މެޓްރިކް ޓަނުގެ ހަނޑޫ އަދި 830 މެޓްރިކް ޓަނުގެ ހަކުރު ކަމަށް އެސްޓީއޯ އިން ބުންޏެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުޙައްމަދު ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހު ވެސް އެސްޓީއޯގެ ޕެރިޝަބަލް ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށެވެ.

އެސްޓީއޯ ބުނާ ގޮތުގައި އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކާޑުގެ ބާވަތްތައް ކުރިއަށް އޮތް 10 މަސް ދުވަހަށް ހުސްނުވެ ލިބޭނެ ވަރަށް ރާއްޖެ ގެނެސް ރައްކާކުރުމަށެވެ.

އެސްޓީއޯ އިން ރޯދަމަހާއި ދިމާކޮށް ކާޑުގެ ބާވަތްތަކާއި ފިޔާ އަދި ބިހުގެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާއިރު އެސްޓީއޯއިން ވިއްކަމުން އަންނަ ފިޔާ އަދި ބިހުގެ އަގު ބޮޑުތަނުން ވަނީ ހެޔޮކޮށްފައެވެ. އެގޮތުން ކުރިން 15 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއް ދެން ވިއްކާނީ 11 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި 325 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއް ދެން ވިއްކާނީ 255 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެއިތުރުން ބިސް ކުރިންވެސް ވިއްކަމުން އައިގޮތަށް ބިހެއް ވިއްކާނީ 1 ރުފިޔާ 50 ލާރިއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. ނަމަވެސް ބިސް ކޭހެއް ކުރިން ވިއްކަމުން އައި 290 ރުފިޔާގެ ބަދަލުގައި ދެން ވިއްކާނީ 260 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އަލުވި މިހާރު ވިއްކަމުން އަންނަނީ އަލުވި ކިލޯއެއް 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް 250 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރައްޔިތުންނަށް ބޭނުންވާވަރަށް މިތަކެތި ލިބެން ހުންނާނެ ކަމަށެވެ. އަދި އެސްޓީއޯއިން ވަނީ ފިޔާ އަލުވި ބިސް އީސްޓޯރ.އެމްވީ މެދުވެރިކޮށް ގޭގެ ތިބެގެން ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް