Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިޒް މޮބައިލް ފަޅާލުން

ބިޒް މޮބައިލް ފިހާރަ ފަޅާލާ ވައްކަން ކުރި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

14 އެޕްރީލު 2020 | އަންގާރަ 10:56

މި މައްސަލައިގައި ހައްޔަރު ކުރެވުނު އެކަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމައުއަށް ދޫކޮށްލާފައި ހުރި މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އެޕްރީލު 2020 | އަންގާރަ 10:56
ބިޒް މޮބައިލްއިން ވަގަށް ނެގި ބައެއް ސާމާނު

ބިޒް މޮބައިލްއިން ވަގަށް ނެގި ބައެއް ސާމާނު

ބިޒް މޮބައިލް ފިހާރަ ފަޅާލާ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާޗް މަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު ބިޒް މޮބައިލް ފިހާރަ ފަޅާލާ ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން 75،000 ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާގެ ތަކެތި ވަގަށް ނަގާފައިވާކަމަށެވެ. އަދި އެ ތަކެތި ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭގެ ތެރެއިން 62،000 އަށްވުރެ ގިނަ ފައިސާގެ ތަކެތި ހޯދާ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބާކީ ހުރި ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މާޗް 30 ވަނަ ދުވަހު 36 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު، މާޗް 31 ވަނަ ދުވަހު 39 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ފިހާރައިން ވައްކަން ކުރި ކަމަށް އެ ދެމީހުން ވެސް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެ ދެމީހުންގެ ތެރެއިން 39 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމައުއަށް ދޫކޮށްލާފައި ހުރި މީހަކަށް ވާތީ، އެ ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި އޭނައަށް ނުހިފުނީކަމަށް ބަލާ، މާޗް 31 ވަނަ ދުވަހު އޭނާ ކަރެކްޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ހުޅުމާލޭ ފިހާރައެއްގައި އަލިފާން ރޯވެއްޖެ

16 އެޕްރީލު 2017
ހުޅުމާލޭ ފިހާރައެއްގައި އަލިފާން ރޯވެއްޖެ
11 އެޕްރީލު 2017

މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް

11 އެޕްރީލު 2017
މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
10 ފެބުރުއަރީ 2017

ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި

10 ފެބުރުއަރީ 2017
ޗެޕްސް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ވައްކަންކުރަން އުޅެފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް