Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީ މަސައްކަތްތެރިން

ބިދޭސީ މަސައްކަތްތެރިންގެ އެކަމަޑޭޝަން އުސޫލަށް އަމަލުކުރުން ފަސްކޮށްފި

ކުރިން މި އުސޫލަށް އަމަކުކުރުމަށް ނިންމާފައިވަނީ 11 އޮކްޓޯބަރުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އެޕްރީލު 2020 | އަންގާރަ 10:55
މާލެއާއި ރަށަކާ ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެއް ދޯންޏަށް މުދާ ބަރުކުރަނީ

މާލެއާއި ރަށަކާ ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެއް ދޯންޏަށް މުދާ ބަރުކުރަނީ

ބިދޭސީ މަސައްކަތްތެރިންނަށް އެކަމަޑޭޝަން ހަމަޖައްސައިދިނުމަށް އެކުލަވާލާފައިވާ އުސޫލަށް އަމަލުކުރަން ފަށާނީ އޮކްޓޯބަރު 13 ގައި ކަމަށް މިނިސްޓްރީ އޮފް އިކޮނަމިކުން ބުނެފިއެވެ.

މީގެ ކުރިން އިކޮނަމިކް މިނިސްޓްރީން ބުނެފައިވަނީ މި އުސޫލަށް އަމަލުކުރާނީ 11 އޮކްޓޯބަރުގައި ކަމަށެވެ. ނަމަވެސް އިއުލާނުގައި ކުށެއް އޮތުމުން އަލުން އިސްލާހުކޮށް އަންގާރަ ދުވަހު ވަނީ އަލުން މި އުސޫލު އާންމުކޮށްފައެވެ. މި އުސޫލު އާންމު ކުރުމާއެކު މިއަށް އަމަލުކުރުމަށް ނިންމަފައިވަނީ އުސޫލު އާންމު ކުރާ ތާރީހުން ފެށިގެން 6 މަސް ދުވަސް ފަހުންނެވެ.

މި އުޞޫލުގައިވާ މިންގަނޑުތަކާ އެއްގޮތަށް ނުހުންނަ އެކަމަޑޭޝަން ފެސިލިޓީތަކުގައި ބައިތިއްބާ ފަރާތްތަކާމެދު މި އުޞޫލުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

މި އުޞޫލުގައިވާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭންޖެހޭ ތަންތަން ރަޖިސްޓްރީކުރަން ޖެހެއެވެ. އެގޮތުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭތަންތަން، ބިދޭސީ ފަރާތް ރާއްޖެ ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދުމުގެ ކުރިން، ބިދޭސީ ފަރާތަށް ހަމަޖައްސައިދެވޭ 'އެކަމަޑޭޝަން' އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި 'އެކަމަޑޭޝަން ރަޖިސްޓްރީ ކުރެވޭނީ ވަޒީފާ ދޭފަރާތުން އެކްސްޕޯޓް ސިސްޓަމުން 'އެކަމަޑޭޝަން ރަޖިސްޓްރޭޝަން ރިކުއެސްޓް' ގައި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ވަޒީފާ ދޭފަރާތުގެ އަމިއްލަ ތަނެއްނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ އާއި މި އިމާރާތުގައި ބިދޭސީ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖައްސައިދޭކަން ބަޔާންކުރާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތައް ދިރިއުޅުމަށް ހަމަޖައްސައިދޭ ތަނަކީ ވަޒީފާ ދޭފަރާތުން ކުއްޔަށް ހިފާފައިވާ ތަނެއްނަމަ، ވަޒީފާ ދޭފަރާތުގެ ނަމުގައި ކުއްޔަށް ހިފާފައިވާ ރެންޓް އެގްރީމަންޓްގެ ކޮޕީ އަދި ފްލޯ ޕްލޭންގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން އެތަނެއްގައި ހުރި ކޮޓަރީގެ ޢަދަދާއި އެނދުގެ ޢަދަދު އަދި ހުރި ވަޞީލަތްތަކުގެ މަޢުލޫމާތު ވެސް ހިމަނަން ޖެހެއެވެ.

މި އުޞޫލުގައި އެކަމަޑޭޝަން ދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން އެތަނެއްގައި އަލި ހުންނަންޖެހޭ ވަރާއި، ވައި ބޭރުވާނެ ގޮތަކާއި، ތަނުގެ ބޮޑު ކުޑަމިން އަދި ތިބެންޖެހޭ މީހުންގެ ޢަދަދު ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ފާހާނާ، ފެނާއި ނަރުދަމާ، ކައްކާނެ އިންތިޒާމާއި، ސަލާމާތާއި ރައްކާތެރިކަން ހުންނަންޖެހޭ ގޮތް ވެސް މި އުޞޫލުގައި ވަނީ ހިމަނާފައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ތުހްމަތުކުރަނީ ބިދޭސީ މީހާ މަރާލީ ކަމަށް، ތިން މީހަކު ހައްޔަރުކޮށްފި

31 މާރިޗު 2017
ތުހްމަތުކުރަނީ ބިދޭސީ މީހާ މަރާލީ ކަމަށް، ތިން މީހަކު ހައްޔަރުކޮށްފި
30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު