Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19 އަށް ބޭނުންކުރަނީ ރާއްޖޭގެ 55 އިންސައްތަ ޑޮކްޓަރުން، 45 އިންސައްތަ އެހެން ބަލިތަކަށް

އިތުރު ޑޮކްޓަރުންނާއި ނަރުހުން ގެނެސްގެން އެކަމަށް ހޭދަކުރަން ޖެހޭ ފައިސާވެސް ހޭދަ ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އެޕްރީލު 2020 | ހޯމަ 16:52
އައިޖީއެމްއެޗް ލެބް - ރާއްޖެއަށް އިތުރު ސިއްޙީ އެހީތެރިން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނެ

އައިޖީއެމްއެޗް ލެބް - ރާއްޖެއަށް އިތުރު ސިއްޙީ އެހީތެރިން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނެ

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންކުރަނީ ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ 55 އިންސައްތަ ކަމަށް ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް މިހާރުވެސް ރާއްޖޭގެ 55 އިންސައްތަ ޑޮކްޓަރުން ބޭނުން ކުރަމުންދާ ކަމަށާއި، 45 އިންސައްތަ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރަނީ އެހެނިހެން ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އިތުރު ޑޮކްޓަރުންނާއި ނަރުހުން ގެނެސްގެން އެކަމަށް ހޭދަކުރަން ޖެހޭ ފައިސާވެސް ހޭދަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށާއި، ނަމަވެސް މިވަގުތު ދުނިޔޭގެ ޙާލަތަށް ބަލައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއެކު އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަދި އެއާއެކު މިހާރު ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޑޮކްޓަރުން ހޯދުމަށް އަދި މާ ބޮޑު ކުރިއެރުމެއް ލިބެމުން ނުދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ޤައުމުތަކާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ އެހީތެރިންނާއި، ރާއްޖެއިން ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންވެސް ގެނައުމަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ކޮވިޑް-19 ގެ އިތުރު ތަފްސީލުތައް ހާމަކުރައްވާފައިވާއިރު، މަބްރޫކް ވިދާޅުވީ، މިހާތަނަށް ރާއްޖެއިން 2710 ސާމްޕަލް ނެގިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 20 ސާމްޕަލް ކަމަށެވެ. އަދި މިހާރުވެސް އައިސޮލޭޝަންގައި 11 މީހުން ތިބި ކަމަށާއި، ކަރަންޓީންގައި 817 މީހަކު އެބަތިބިކަމަށް މަބްރޫކު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު