Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

އޮކްސިޖަން ދޭންޖެހޭ މިންވަރަށް އޮކްސިޖަން ހުރިތޯ ބަަލަންޖެހޭ

13 އެޕްރީލު 2020 | ހޯމަ 14:30

ރާއްޖޭގެ ހަތަރު ހޮސްޕިޓަލެއްގައި އޮކްސިޖަން އުފައްދާ

އަލީ ސަމާޚް
އަލީ ސަމާޚް | 13 އެޕްރީލު 2020 | ހޯމަ 14:30
ޑރ. ޝައްފާނާ ހަމީދު

ޑރ. ޝައްފާނާ ހަމީދު

ރާއްޖޭގެ އާއްމުންގެ ތެރޭގައި ކޮވިޑް-19 އަށް ފެތުރިއްޖެނަަމަ، ބަލި ޖެހޭ މީހުންނަށް ފޯރުކޮށްދޭ ވަރަށް އޮކްސިޖަންގެ ކެޕޭސިޓީ ހުރިތޯ ބެލުން އެއީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިނިގރޭސިވިލާތުގެ ނޯތު ވެސްޓް އިންގްލެންޑްގައި މަސައްކަތް ކުރައްވާ ދިވެހި ޑރ. ޝައްފާނާ ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ބަލިން ރަނގަޅުވި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޝައްފާނާ ވިދާޅުވީ، ރާއްޖޭގެ އާއްމުން ތެރޭގައި ކޮވިޑް-19 ފެތުރިއްޖެނަމަ ހަލުވިކަމާއި އެކު ބަލި ފެތުރިދާނެތީވެ އެކަމާއި މެދު ހާސްވާ ކަމަށެވެ. އެފަދަ ހާލަތެއްގައި ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރާއި، އެކަށީގެންވާ ވަރަށް އޮކްސިޖަން ސަޕްލައި ހުރިތޯ ޔަގީންކުރުން މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އިނިގިރޭސިވިލާތުގެ ހަތް އަހަރު ވަންދެން ދިރިއުޅުއްވަމުން ގެންދަވާ ޝައްފާނާ ވިދާޅުވީ، ބަލިޖެހޭ މީހުންނަށް ފޯރުކޮށްދޭ މިންވަރަށް އޮކްސިޖަން ސަޕްލައި ހުރިތޯ އެއީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލަށްވެސް ކުރިން ނުބެލުނު ކަމެއް ކަމަށާއި، އެހެން ކަމުން އެކަމަކީ ރާއްޖެއިން އިސްކަންދޭން ޖެހޭ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އަކީ ނޭވާލާ ނިޒާމުގެ ބައްޔަކަށްވާއިރު، އެހެން ބަލިތައް ޖެހޭ މީހުންނަށް ވުރެ މި ބަލިޖެހޭ މީހުންނަށް އޮކްސިޖަން ފޯރުކޮށްދޭން ޖެހޭ މިންވަރު އިތުރެވެ. އެގޮތުން ކޮވިޑް-19 ގެ ބަލި މީހުންގެ ތެރެެއިން ގިނަ މީހުންނަށް މިނިޓެއްގެ ތެރޭގައި 15 ލީޓަރާއި 30 ލީޓަރުގެ އޮކްސިޖަން ފޯރުކޮށްދޭން ޖެހެއެވެ. ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ބޭނުންކުރަނީ އޮކްސިޖަން ސިލިންޑަރެެވެ. ކޮވިޑް-19 އަށް ފަރުވާދޭ ހަތަރު ހޮސްޕިޓަލް ކަމަށްވާ، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ، އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި ދެމުންދާ އޮކްސިޖަން އަކީ، އޮކްސްިޖަން އުފައްދާ މެޝިން ބޭނުންކޮށްގެން އުފައްދާ އޮކްސިޖަންއެވެ.

ކޮވިޑް-19 އަށް ފަރުވާ ދެއްވުމުގައި އިސްކޮށް އުޅުއްވާ ޝައްފާނާ ވިދާޅުވި ގޮތުގައި، އޭނާ މަސައްކަތް ކުރައްވާ ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިގެން އަންނަ ބަލި މީހުންނަށް ފަރުވާދިނުމުގެ ގޮތުން ތައްޔާރިތައް ދެމުން ދިޔައިރު އެންމެ ބޮޑު އިސްކަމެއް ދިނީ އިންޓެންސިވް ކެއަރ ޔުނިޓް ނުވަތަ (އައިސީޔޫ) ބޮޑު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެއާއި އެކު މުވައްޒަފުންނަށް ރައްކާތެރި ކަމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއުޕްމެންޓް (ޕީޕީއީ) ފަސޭހައިން ލިބޭ ގޮތް ހަމަޖެއްސި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2017

ވާނުވޭ ނޭނގި ޖޫރިމަނާ ނުކޮށް، ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޭންވީ ނޫންތޯ: އެމްޑީޕީ

19 އޯގަސްޓު 2017
ވާނުވޭ ނޭނގި ޖޫރިމަނާ ނުކޮށް، ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޭންވީ ނޫންތޯ: އެމްޑީޕީ
16 އޯގަސްޓު 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް

16 އޯގަސްޓު 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް
26 ޖޫން 2017

ދިވެހިރައްޔިތަކު ޓެރެރިސްޓަކަށްވާން ޖެހޭ ގޮތް ސަރުކާރުން ހާމަކޮށްދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ދިވެހިރައްޔިތަކު ޓެރެރިސްޓަކަށްވާން ޖެހޭ ގޮތް ސަރުކާރުން ހާމަކޮށްދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
26 ޖޫން 2017

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
08 ޖޫން 2017

އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން

08 ޖޫން 2017
އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
18 އެޕްރީލު 2017

ނެކްސްބިޒްއަށް އަށް ދޭންޖެހޭ 15 މިލިއަން ޑޮލަރު އަދިވެސް ނުދޭ!

18 އެޕްރީލު 2017
ނެކްސްބިޒްއަށް އަށް ދޭންޖެހޭ 15 މިލިއަން ޑޮލަރު އަދިވެސް ނުދޭ!
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް