Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19

ކޮވިޑް-19 އިން ރަނގަޅުވި ދިވެހި ޑޮކްޓަރެއް ''ބަލި ޖެހުމުން ރަހައެއް ނުލާ، ވަހެއް ނުދުވާ''

13 އެޕްރީލު 2020 | ހޯމަ 05:46

މިއީ ނޯތް ވެސްޓް އިންގްލެންޑްގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރެއް

އަމްނާ އިމާދު
އަމްނާ އިމާދު | 13 އެޕްރީލު 2020 | ހޯމަ 05:46
ޑރ. ޝައްފާނާ ހަމީދު

ޑރ. ޝައްފާނާ ހަމީދު

ކޮވިޑް-19އާ ދެކޮޅަށް އެންމެ އިސް ސަފުގައި ހަނގުރާމަ ކުރާ ފަހުލަވާނުންނަކީ ޑޮކްޓަރުންނެވެ. ނަރުހުންނެވެ. ލެބޯޓްރީ މަސައްކަތްތެރިންނެވެ. ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެންމެންނެވެ. މިވައިރަސް މުޅި ދުނިޔެއަށް ފެތުރިގެންފައިވާއިރު، ރެއާ ދުވާލު މީހުން ސަލާމަތްކުރުމުގައި މަސައްކަތް ކުރާ އެތައް ޑޮކްޓަރުންނަކާއި ނަރުހުންނެއް ވަނީ މި ދުނިޔެ ދޫކޮށްފައެވެ. ނަމަވެސް ހިއްވަރަކަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ.

ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި މިކަމުގައި ދިވެހި ޑޮކްޓަރުން ވެސް އަންނަނީ ހިއްވަރު ދައްކަމުންނެވެ. އެގޮތުން ޑރ. ޝައްފާނާ ހަމީދަކީ ނޯތު ވެސްޓް އިންގްލެންޑްގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރެކެވެ. ކޮވިޑް-19 ގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތުގެ ތެރެއިން، ޝައްފާނާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ.

ހަތް އަހަރު ދުވަހު އިންގްލޭންޑްގެ ހޮސްޕިޓަލްގައި މަސައްކަތްކޮށްފައިވާ ޝައްފާނާ ކޮވިޑް-19އަށް ޕޮޒިޓިވްވީގޮތާއި އެކަމުގެ ތަޖުރިބާ ވަނީ ރާއްޖެޓީވީއާ ހިއްސާކުރައްވާފައެވެ.

ޑރ. ޝައްފާނާ ކިޔައިދެއްވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހޮސްޕިޓަލުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަނިކޮށެވެ. އެއްވެސް ވަގުތެއް ހުސްކުރުމެއް ނެތި މަސައްކަތް ކުރަމުންދިޔައީ ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް ޚިދުމަތް ކުރުމުގައެވެ. އަދި ހޮސްޕިޓަލަށް އަންނަމުންދިޔައީ ކެއްސާ، ހުން އަންނަ މީހުންގެ އިތުރުން ވަރުބަލިވާ މީހުންނެވެ.

އެއްފަހަރާ ކުއްލިއަކަށް މިފަދަ އަލާމާތްތައް ހުންނަ މީހުން އަންނަން ފެށުމާއެކު، ރައްކާތެރިވުމުގެ ގޮތުން ގައުންނާއި، މާސްކް އެޅިއެވެ. އެންމެ ފަހުން ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދެމުންދަނިކޮށް، ވަރުބަލިވެ ނޭވާ ކުރުވި ކަމަށް ޝައްފާނާ ވިދާޅުވި އެވެ.

ޝައްފާނާ ވިދާޅުވީ އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު ކަމަށް ޝައްކު ނުކުރާ ކަމަށެވެ. ޝައްފާނާ އަށް ވައިރަސް ޖެހިފައިވާކަން އޭނާ އަށް ޝައްކުކުރެވުނީ ތަފާތު ކަމެއް ދިމާވެގެންނެވެ. އެއް ދުވަހު ނިދާ ހޭލިއިރު، އެއްވެސް ވަހެއް ނުދުވާ ކަމަށާއި، ކާއެއްޗަކުން އެއްވެސް ރަހައެއް ނުލުމުންނެވެ.

އެހިސާބުން ޝައްކުވެގެން ހޮސްޕިޓަލަށް ގުޅައިގެން ކޮވިޑް-19 އަށް ޓެސްޓު ކުރީ ކަމަށް ޝައްފާނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދުވަހުން ފެށިގެން އައިސޮލޭޝަން އަށް ދިޔަ ކަމަށާއި، އެއްވެސް މީހަކާ ދިމާނުވާ ކަމަށެވެ. އޭގެ ހަފުތާއެއް ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ކަމަށާއި، 10 ދުވަސްފަހުން މަސައްކަތަށް ނުކުތް ކަމަށް ޝައްފާނާ ވިދާޅުވިއެވެ.

ޑރ. ޝައްފާނާ ކިޔައިދެއްވި ގޮތުގައި ވަސްނުދުވުމާއި، ރަހަ ނުލުން އެއީ އެންމެންގެ ކިބައިން ފެންނަ ޢަލާމާތްތަކެއް ނޫނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަ ބަލި މީހުންގެ ކެއްސުމާއި، ހުންއައުން އަދި ވަރުބަލިވުމަކީ ޢާންމުކޮށް ފެންނަ ޢަލާމަތްތައް ކަމަށެވެ.

ކޮވިޑް-19ގައި ނުރައްކާތެރިވާ ހިސާބަށް އަލިއަޅުއްވާލައްވާ ޑރ. ޝައްފާނާ ވިދާޅުވީ ޢާންމުކޮށް ބަލީގެ ނުރައްކާތެރިކަން ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ. 60 އަހަރުން މަތީގެ މީހުންގެ އިތުރުން ހަކުރު ބަލި، ހިތުގެ ބަލި އަދި ޓްރާސްޕްލާންޓް ހަދާފައިތިބޭ މީހުންނަށް ނުރައްކާ ބޮޑުކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ޑޮކްޓަރު އިތުރަށް ތަފުޞީލުކޮށްދެއްވާ ވިދާޅުވީ މިފަދަ ދާއިމީ ބައްޔެއް ނެތް ޒުވާން ކުދިން ވެސް މަދުން ނަމަވެސް ސީރިއަސް ޙާލަތަށްދާ ކަމަށެވެ. ނަމަވެސް އެއީ ކީއްވެ ވާގޮތެއް ކަމެއް ނޭނގޭ ކަމަށާއި، އެ ހޯދުންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ނޯތް ވެސްޓް އިންގްލެންޑްގެ މި ހޮސްޕިޓަލްއަކީ ވެސް ކޮވިޑް-19އަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ހޮސްޕިޓަލެކެވެ. އެގޮތުން އިންޓެންސިވް ކެއަރ (އައިސީޔޫ) ބޮޑުކޮށް، ހުރިހާ ސްޓާފުންނަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދިނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، އަލާމަތްތައް ފެނިފައިވާ މީހުންނާއި، ޙާލު ބޮޑެތި މީހުންނަށް ވަކިވަކި ވޯޑުތައް ވަނީ ޚާއްޞަކޮށްފައެވެ.

ޑރ. ޝައްފާނާ މަސައްކަތް ކުރަމުންދާ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްފިޓަލެކެވެ. ވައިރަސްއަށް ޕޮޒިޓިވްވީ 100 އަށްވުރެ ގިނަ މީހުންނަށް މިހާރު ވެސް އެހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް 30 މީހުން މަރުވި ނަމަވެސް ގިނަ މީހުން ރަނގަޅުވިކަން ޑރ. ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޑރ. ޝައްފާނާ ވިދާޅުވީ މިބައްޔަކީ އަދި ފަރުވާ އެއް ހޯދިފައިނުވާ ބައްޔަކަށްވުމުން މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން މުހިންމުކަމަށެވެ. ރާއްޖޭގެ ސަރުކާރުން އަޅުއްވަމުން ގެންދަވަނީ ތަޢުރީފު ޙައްޤު ރަނގަޅު ފިޔަވަޅުތަކެއްކަން ފާހަގަކުރައްވާ ޝައްފާނާ ވިދާޅުވީ ޢާންމު ރައްޔިތުން ވެސް ވީހާ ބޮޑަށް ސޯޝަލް ޑިސްޓެންސް ގެންގުޅުން މުހިންމު ކަމަށެވެ.

ޑރ. ޝައްފާނާ ފަދަ އެތައް ޞިއްޙީ މަސައްކަތްތެރިންނެއް ރެޔާ ދުވާލު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެބޭފުޅުންގެ އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާއިރު، ޞިއްޙީ ފަރާތްތަކުން ދޭ އިރުޝާދަށް ހުރިހާ ރައްޔިތުން ވެސް ބޯލެނބުމަކީ މިއަދު ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. އަދި އެގޮތަށް ޢަމަލުނުކުރުމަކީ ލަދުވަތިކަމެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
04 ފެބުރުއަރީ 2017

އިންތިހާބުގެ ކުރިން ބަލި ގަބޫލުކުރީއެވެ

04 ފެބުރުއަރީ 2017
އިންތިހާބުގެ ކުރިން  ބަލި ގަބޫލުކުރީއެވެ
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް