Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕައުލް ޕޮގްބާ

ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަން ޕޮގްބާ ކެތްމަދުވެފައި

"ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ފޫހިވޭ"

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 އެޕްރީލު 2020 | އާދީއްތަ 08:33
މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ

ފުޓްބޯޅަ އަލުން ފަށާއިރު، އަނިޔާގެ ސަބަބުން ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އަންނަން ކެތްމަދުވެފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގެ ބޮޑުބައި ޕޮގްބާ ހޭދަކޮށްފައިވަނީ ކުޅުމާ ދުރުގައެވެ. އެގޮތުން މި ސީޒަނުގައި ޕޮގްބާ ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ 8 މެޗެވެ. އަދި މިހާރުވެސް އޭނާ ކުޅުމުން ދުރުގައި ހުރިއިރު، އޭނާ ކުޅެން ނިކުންނާނެ ތާރީޚެއް އަދި ކަށަވަރެއް ނޫނެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ދާދި ފަހުން ޕޮގްބާ ބުނީ އޭނާ މިހާރު ވެސް އަންނަނީ ތަމްރީންތައް ހަދައި، ބޯޅައާ އެކު ފަރިތަކުރަމުން ކަމަށެވެ. އަދި ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ފޫހިވާ ކަމަށާއި މިހާރު އޭނާ ހުރީ ގާތްގަނޑަކަށް އެނބުރި އައުމާ ގާތުގައި ކަމަށްވެސް ޕޮގްބާ ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެންމެ ފަހުން މެޗެއް ކުޅުނު ޕޮގްބާ ބުނީ ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ހުއްޓާލަން ޖެހިފައި އޮތް އޮތުން އޭނާ ނަގަނީ ޕޮޒިޓިވްކޮށް ކަމަށާއި، މީގެ ސަބަބުން އޭނާ ފުޓްބޯޅަ ދެކެ ލޯބިވާ ވަރު ވެސް އެނގިއްޖެ ކަމަށެވެ.

އަނިޔާއާ ގުޅިގެން ޕޮގްބާ ކުޅުމައި ދުރުގައި ހުރިއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޕޮގްބާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި އޭނާގެ ކުރީގެ ކްލަބު އިޓަލީގެ ޔުވެންޓަސް އާއި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ ހިމެނެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި ޕޮގްބާ ވަނީ 178 މެޗުން 34 ލަނޑު ޖަހާފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެޓީމުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު