Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ޝެފީލްޑް ޔުނައިޓެޑްގެ ބައެއް މުވައްޒަފުންނަށް މުސާރައާ އެކު ޗުއްޓީ

12 އެޕްރީލު 2020 | އާދީއްތަ 06:36

ކޮވިޑް-19 އާ ގުޅިގެން ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އެޕްރީލު 2020 | އާދީއްތަ 06:36
ޝެފީލް ޔުނައިޓެޑުގެ ބްރަމަލް ލޭން ސްޓޭޑިއަމް

ޝެފީލް ޔުނައިޓެޑުގެ ބްރަމަލް ލޭން ސްޓޭޑިއަމް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޝެފީލް ޔުނައިޓެޑުން މުސާރައާ އެކު ބައެއް މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމައިފި އެވެ.

އެ ކްލަބުން މިގޮތަށް ނިންމާފައި މި ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމާއި މުސާރައިން ބައެއް އުނިކުރަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމަކު ޝެފީލްޑް ޔުނައިޓެޑުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް ދިޔުމަށް އުނދަގޫވާ މުވައްޒަފުންނަށް މުސާރައާ އެކު ޗުއްޓީ ދިނުމަށް ނިންމާފައެވެ.

ޝެފީލްޑް ޔުނައިޓެޑްގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދޭނެ ކަމަށް އެ ކްލަބުން ބުނިއިރު، މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާ އާއި، ނިއުކާސަލް ޔުނައިޓެޑާއި، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

މުވައްޒަފުން ނޯޕޭއަށް ފޮނުވުމަށް ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން އެންމެ ފުރަތަމަ ނިންމި ނަމަވެސް، ފަހުން ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމަށްފަހު އެ ނިންމުން ބަދަލުކޮށްފައެވެ. މުވައްޒަފުންނަށް ބަރާބަރަށް މުސާރަދޭނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ލިވަޕޫލްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފަނޮވާލަމުން އަންނައިރު، ޕްރިމިއާ ލީގު ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވަނީ ސައުތެމްޓާނާއި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

11 މެއި 2017

ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ

11 މެއި 2017
ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ
08 މެއި 2017

އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

08 މެއި 2017
އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
26 މާރިޗު 2017

އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

26 މާރިޗު 2017
އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
21 މާރިޗު 2017

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

21 މާރިޗު 2017
ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް