Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަނުން ކަރަންޓީން ފެސިލިޓީތަކަށް ދާން ބޭނުންވެއްޖެ!

އީނާސް އާއި ގުޅާލުމުން ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު ހާމަކުރައްވާނެ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 އެޕްރީލު 2020 | ހުކުރު 14:16
ފަރުކޮޅުފުށި (އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ރަށެއް)

ފަރުކޮޅުފުށި (އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ރަށެއް)

ކޮވިޑް-19 އާ ގުޅިގެން އެކި ރިސޯޓްތަކުގައި ކަރަންޓީން ކުރެވިފައިވާ ފަރާތްތަކާ ބައްދަލުކޮށް، އައިސޮލޭޝަން ފެސިލިޓީތަކަށް ޒިޔާރަތްކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހަޅައިފިއެވެ.

ރާއްޖެ.އެމްވީ އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިން 14 ދުވަހަށް ކަރަންޓީން ކުރަމުންދާ ރަށްތަކަށް ދިޔުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެދުމުން، އެއީ ރައްކާތެރިކަމެއް ނޫންކަމަށް އެ ކޮމިޝަނަށް ވަނީ އަންގާފައެވެ. ސަބަބަކީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް ފަރާތްތަކަކީ ހަލުވި މިނެއްގައި ކޮވިޑް-19 ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް އައިސްތިބި މީހުންނަށް ވެފައި، މިހާރުވެސް ރާއްޖެއިން ބޭރުން އައި ބައެއް ދިވެހިންގެ ގައިން ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވުމެވެ. އަދި ސިއްހީ މާހިރުން ގެންދަވަނީ ޕްރޮޓެކްޓިވް އިކުއިޕްމަންޓް ނެތި ކަރަންޓީނުގައި ތިބޭ މީހުންނާ ބައްދަލުނުކުރުމަށް އިރުޝާދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނުން މިހާރު މަސައްކަތްކުރަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ އޮފިޝަލުން ލައިގެން އުޅޭ ޕްރޮޓެކްޓިވް ގިއަރގައި ކަރަންޓީން ފެސިލިޓީތަކަށް ދިޔުމަށެވެ. މިކަމާ ގުޅިގެން ސިއްހީ ދާއިރާގައި، ޚާއްސަކޮށް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ޑޮކްޓަރުންނާ ނަރުހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ މިހާރުވެސް ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް މަދުވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، އެއްވެސް ސަބަބަކާ ނުލައި އެޗް.އާރް.ސީ.އެމްގެ ޓީމަށް އެތަކެތި ދޭން ޖެހުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ކަރަންޓީން ފެސިލިޓީއެއްގައި އިންސާނީ ހައްޤެއް ގެއްލިގެން ނުވަތަ އެޒާތުގެ ކަމެއް ހިނގައިގެން މިހާތަނަށް ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ނެތެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތަކުން ބުނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޑަބްލިޔު،އެޗް.އޯ އިންވެސް ތައުރީފްކޮށްފައިވަނިކޮށް، އެއްވެސް މައްސަލައެއް ދިމާ ނުވަނީސް އެޗް.އާރް.ސީ.އެމް އިން ނޫސްތަކުގައި ފޮޓޯ ޖަހާލަން ކަރަންޓީން ފެސިލިޓީތަކަށް ގޮސް، ޑޮކްޓަރުންނާ ނަރުހުން ބޭނުންކުރަން ހުރި ޕްރޮޓެކްޓިވަ އިކުއިޕްމަންޓް ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ރާއްޖޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ލާއިންސާނީ އެތައްކަމެއް ނުފެންނަކަމަށް އެޗް.އާރް.ސީ.އެމް އިން ހެދުމަށްފަހު، މިހާރު ކުއްލިއަކަށް ހޭލަމޭލަވެގެން އެކޮމިޝަން އުޅެނީ ކީއްވެތޯ ސުވާލު އުފެއްދިއެވެ.

މިކަމާ ގުޅިގެން އެޗް.އާރް.ސީ.އެމް ގެ ރައީސާ އައިމިނަތު އީނާސް އާއި ގުޅާލުމުން ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ. އީނާސް އެ މައުލޫމާތުތައް ދޮގެއް ނުކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ދަމަހައްޓަންޖެހޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ދަމަހައްޓަންޖެހޭނެ: ރައީސް ނަޝީދު

08 މެއި 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

21 އެޕްރީލު 2017
އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި

ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި

21 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު