Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ފަތުރުވެރިން ތިއްބަސް ރިސޯޓުން ބޭރުވެވޭ ގޮތަށް އެޗްޕީއޭގެ ސަރކިއުލަރއަށް ބަދަލު ގެނެސްފި

އެންމެ ފަހު ފަތުރުވެރިޔާ އައިތާ 14 ދުވަސް ވާންޖެހޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 އެޕްރީލު 2020 | ހުކުރު 03:43
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު

ފަތުރުވެރިން ރިސޯޓު ނުވަތަ ސަފާރީތަކުގައި ތިބި ނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނުފެންނަނަމަ، އެ ތަންތަނުން ފޭބުމުގެ ހުއްދަ ލިބޭ ގޮތަށް ހުއްދަ ދޭން އެޗްޕީއޭއިން ނިންމައިފި އެވެ.

އެޗްޕީއޭއިން ކުރިން ނެރުނު ސަރކިއުލަރ ބާތިލުކޮށް، އަލުން ގެޒެޓްކުރި ސަރކިއުލަރ ގައި ވަނީ އެންމެ ފަހު ފަތުރުވެރިޔާ އައިތާ 14 ދުވަސް ވެފައި ބަލީގެ އަލާމާތެއް ނުފެންނަތާ 14 ދުވަސް ވެފައިވާނަމަ، ރިސޯޓުތަކާއި ސަފާރީތަކުން ފޭބުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. މީހުން ފޭބުމުގެ ކުރިން އެޗްޕީއޭއަށް ފޮނުވަން ޖެހޭ އިގްރާރު ފޯމު ފުރިހަމަ ކުރުމަށްފަހު ފޮނުވަން ޖެހެ އެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ކުރިން ނެރުނު ސަރކިއުލަރ އަށް ބަދަލުގެނެސްފައި ވަނީ، ދިވެހިރާއްޖެ އަށް ފަތުރުވެރިިން އެތެރެވުމަށްޓަކައި ދެވޭ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ގުޅިގެންނެވެ. ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާފައި ވަނީ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

އަަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ރިސޯޓު ނުވަތަ ސަފާރީ މޮނީޓަރިންގ ހާލަތަށް ގެނައިތާ 14 ދުވަސްވާ ފަހުން އެ ތަންތަނުގައި ތިބި ފަރާތްތަކަށް ވެސް ފޭބޭ ގޮތަށް ހުއްދަ ދޭން އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވުމާއި، ބަލީގެ އަލާމާތެއް ހުރި މީހަކު ހުރެއްޖެ ނަމަ ހުއްދަ ނުދޭން އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން، އެންމެފަހުން ޕޮޒިޓިވްވި މީހަކު ފެނުނުތާ 14 ދުވަސް ވެފައި، މި 14 ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި މީހަކު ފެނިފައިވާނަމަ، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ފުރިހަމަ ވެފައި ވުމާއި، ރިޒޯޓުން ނުވަތަ ސަފާރީން މީހުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރި މީހަކު ރިޒޯޓުގައި ނުވަތަ ސަފާރީގައި ނެތުމާއި، ފުރިހަމަ ކުރަންޖެހޭ އެގްޒިޓް ފޯމު ފުރަން ޖެހޭނެ ކަމަށް އެޗްޕީއޭގެ ސަރކިއުލަރގައި ވެއެވެ.

ޕޮޒިޓިވްވެފައިވާ މީހަކު ފެނި، އެ މީހެއްގެ ފަރާތުން އެ ރިސޯޓެއްގައި ނުވަތަ ސަފާރީގައި އެހެން މީހަކަށް ބަލި ޖެހިފައިވާނަމަ، ފޭބުމުގެ ހުއްދަ ލިބެނީ 28 ދުވަސް ފަހުންނެވެ. އަދި ބަލީގެ އަލާމާތެއް ހުރި މީހަކު އެ 28 ދުވަހުގެ މުއްދަތުގެ ތެރޭގައި ފެނިއްޖެނަމަ، އިތުރު 14 ދުވަސް ފުރިހަމަވާން ޖެހެ އެވެ.

ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ރިސޯޓުތަކުގައި ތިބި ފަރާތްތައް، 28 ދުވަހުގެ ތެރޭގައި އިތުރު މީހެއްގެ ފުށުން ބަލީގެ އަލާމާތެއް ނުފެންނަ ނަމަ، 28 ދުވަސް ވުމުން ރިސޯޓުތަކުން ފޭބުމުގެ ހުއްދައަށް އެދި ހުށައެޅޭނެ އެވެ. ނަމަވެސް މި ހާލަތުގައި އެ ރިޒޯޓުގައި ނުވަތަ ސަފާރީގައި ތިބި މީހުން ކޮވިޑް-19 އަށް ޓެސްޓްކުރާނެ އެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެހާލަތު އިއުލާނުކޮށްފައިވަނީ 12 މާރިޗު 2020 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު