Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮވިޑް-19

މީރާއަށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 13 އޭޕްރީލްގެ ނިޔަލަށް

ރެވެނިއު ސްޓޭމްޕް ދިނުމުގެ ޚިދުމަތް ކައުންޓަރުން ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2020 | ބުރާސްފަތި 14:58
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާދެއްކުމުގެ ސުންގަޑިއަކީ މިހިނގާ އޭޕްރީލް މަހުގެ 13 ވަނަ ދުވަސް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު މީރާއިން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހަފްތާގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމެވި ކަމުގައިވިޔަސް، ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް އޮފީސް ހުޅުވައިގެން ވީހާވެސް މަދު މުވައްޒަފުން ނެރެގެން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 13، 14 އަދި 10 އެޕްރީލް 2020 ގައި ޚިދުމަތް ދިނުމަށްޓަކައި ރަސްމީކޮށް އެ އޮތޯރިޓީ ހުޅުވާނެ ކަމަށާއި، ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާދެއްކުމުގެ އައު ސުންގަޑިއަކީ 13 އެޕްރީލް 2020 ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން، މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅަންވާނީ މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށާއި، ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދައްކަންވާނީ އޮންލައިންކޮށްނުވަތަ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ. އަދި ކުންފުނީގެ އަހަރީ ފީ، އެއްގަމު އުޅަނދާއިކަނޑު އުޅަނދުގެ އަހަރީ ފީ، ޓްރެފިކާ ގުޅޭ ޖޫރިމަނާ، އެއަރޕޯޓް ސެކިއުރިޓީ ފާސް، ވީސާ ފީ، އަދި މުދަލު ޒަކާތް މީރާގެ އޮންލައިން ޚިދުމަތް ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެ ކަމަށާއި، އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ ފައިސާ ކައުންޓަރުން ބަލައިގަންނާނެ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ރެވެނިއު ސްޓޭމްޕް ދިނުމުގެ ޚިދުމަތް ކައުންޓަރުން ލިބޭނެކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން ބުނީ، ޓެކްސްޕެޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9:00 އިން 13:00 އާ ދެމެދު މީރާ މޮބައިލް އެޕްލިކޭޝަން ނުވަތަ ކިއުބީ މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ނަގާ ފަރާތްތަކަށާއި، 1415 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު