Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19: 4 ރިސޯޓަކާއި 15 ސަފާރީއެއްގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފި

އެޗްޕީއޭއިން ބުނެފައިވަނީ ރިސޯޓާއި ސަފާރީން އެންމެ ފަހު ފަތުރުވެރިޔާ ފުރުމަށްފަހު 14 ދުވަސް ވާންޖެހޭނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އެޕްރީލު 2020 | އާދީއްތަ 18:05
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

އާދިއްތަ ދުވަހު 4 ރިސޯޓަކާއި 15 ސަފާރީއެއްގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާކަމަށް ކޮވިޑް-19 ގެ ޓާސްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

އެގޮތުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާ ރިސޯޓުތަކަކީ މަލަހިނި ކުޑަ ބަނޑޮސް، ބްރެނިއާ ކޮއްޓެފަރު، ރަހާ ރިސޯޓް އަދި ފޯ ސީޒަން ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެވެ. ސަފާރީތަކަކީ ސްޓެއްލާ 2، ހަމަތި، ކޯންޓެ މެކްސް، އޯވަރ ރީފް، ސީ ކޮރަލް ވޮޔޭޖްސް މޯލްޑިވްސް، މެޖިކް ލޭންޑް މޯލްޑިވްސް، ތިއާ ސަފާރީ، އައްސިދަ ސަފާރީ، ލިއޯ، ނޯއާ ސަފާރީ، ސްޓެއްލާ 1، އެންޒިސް ފެސިލިޓީ، ސޮލެއިލް 1، ޕްރިންސިސް ނޫރް އަދި މޯލްޑިވްސް މޮޒާކީ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުގައި ތިބި މުވައްޒަފުން އެތަންތަނުން ފޭބުމާއި އެހެން ތަންތަނުން އެތަންތަނަށް އެރުން ވަނީ މަނާކޮށްފަ އެވެ. ރިސޯޓްތަކާއި ސަފާރީތަކުގައި ތިބި މީހުންނަށް އެތަންތަނުން ދެވޭނެ ވަކި އުސޫލުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއީ) ން ވަނީ އެކުލަވާލާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނާއި އެހެނިހެން ބޭނުންތަކުގައި ރިޒޯޓުތަކަށް ޒިޔާރަތްކޮށްފައިވާ މީހުން އެހެން ރަށަކަށް ދާން ބޭނުންވާނަމަ ރިޒޯޓުގައި ފަތުރުވެރިން ތިބިނަމަ، ރިޒޯޓުގައި ކަނޑައަޅައިފައިވާ ސަރަޙައްދެއްގައި ކަރަންޓީނުގައި މަދުވެގެން 14 ދުވަސް ފުރިހަމަކޮށްފައި ވާންޖެހޭނެ ކަމަށެވެ. އަދި މި ހާލަތުގައި މީހުންނަށް ފޭބޭނީ އެގްޒިޓް ސްކްރީނިންގ ހެދުމަށްފަހު އަދި ކޮވިޑް-19 އަށް ޓެސްޓުކޮށް އެ ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ.

އަދި ރިޒޯޓުގައި ފަތުރުވެރިން ތިބިނަމަ، އެ ރިޒޯޓަށް އެންމެފަހު ފަތުރުވެރިޔާ ދިޔަ ފަހުން މަދުވެގެން 14 ދުވަސް ވާންޖެހޭއިރު މި ހާލަތުގައި އެ ރިޒޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ހުރެގެން ނުވާނެ އެވެ. އަދި އެ ރިޒޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިފަހުން މަދުވެގެން 14 ދުވަސް ވެފައިވާންޖެހޭއިރު މި ހާލަތުގައި އެ ރިޒޯޓުގައި ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއްހުރި މީހަކު ހުރެގެން ނުވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ސަފާރީތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނަށް ސަފާރީން ފޭބޭނީ ސަފާރީން އެންމެ ފަހު ފަތުރުވެރިޔާ ފޭބިފަހުން މަދުވެގެން 14 ދުވަސް ވެފައިވާނަމަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ހާލަތުގައި އެ ސަފާރީން ބައްޔަށް ޕޮޒިޓިވްވި މީހަކު ނުވަތަ ބައްޔަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލީގެ އަލާމާތެއް ހުރި މީހަކު ހުރެގެން ނުވާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު