Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ލިވަޕޫލްގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް

މީގެ ކުރިން ނިއުކާސަލް، ޓޮޓެންހަމް، ބޯންމަތު އަދި ނޯވިޗުގެ ބައެއް މުވައްޒަފުންވެސް ވަނީ ނޯޕޭ ލީވްއަށް ފޮނުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 އެޕްރީލު 2020 | ހޮނިހިރު 15:26
ލިވަޕޫލްގެ ސަޕޯޓަރުން

ލިވަޕޫލްގެ ސަޕޯޓަރުން

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމައިފި އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފަނޮވާލަމުން އަންނައިރު، އެކަމާ ގުޅިގެން ޕްރިމިއާ ލީގުގެ ކްލަބުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ބޯންމަތު އަދި ނޯވިޗް ސިޓީގެ ބައެއް މުވައްޒަފުން ވަނީ ނޯޕޭއަށް ފޮނުވާލާފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ވަނީ އެ ކްލަބުގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ. އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކޮށް، މުވައްޒަފުން ނޯޕޭއަށް ފޮނުވާލާ މައްސަލައިގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔޫރަޕްގެ އެހެން ސަރަހައްދުތަކުގެ ކްލަބުތަކުގެ ކުޅުންތެރިން އަންނަނީ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށްޓަކައި މުސާރާ ކުޑަކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޖަރުމަންގެ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންގެ މުސާރައަށް ވަނީ ބަދަލުގެނެސްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ކްލަބްތަކަށް މާލީ ގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން ދާދި ފަހުން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ. އަދި އިނގިރޭސި ފުޓްބޯލް ލީގު (އީއެފްއެލް) އާއި ނެޝަނަލް ލީގުގެ ކްލަބުތަކަށް 125 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2017

ޕްރިމިއާ ލީގު: ޗެލްސީ އަދި ލިވަޕޫލްގެ ބައްދަލުވުމަށް ހަމަހަމަ ނިމުމެއް

26 ނޮވެމްބަރު 2017
ޕްރިމިއާ ލީގު: ޗެލްސީ އަދި ލިވަޕޫލްގެ ބައްދަލުވުމަށް ހަމަހަމަ ނިމުމެއް
23 އޮކްޓޯބަރު 2017

ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

23 އޮކްޓޯބަރު 2017
ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
15 އޯގަސްޓު 2017

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި
15 އޯގަސްޓު 2017

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

15 އޯގަސްޓު 2017
ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި
12 އޯގަސްޓު 2017

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު