Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޮްޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

ޓޮޓެންހަމް ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 23 އޮކްޓޯބަރު 2017 | ހޯމަ 07:24
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގައި ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ހޮޓްސްޕާސް ކުރި ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލްއާ ވާދަކޮށް ޓޮޓެންހަމް ކާމިޔާބު ކުރީ 1-4 ގެ ތަފާތުބޮޑު ނަތީޖާ އަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. މި ލަނޑަށް ފަހުވެސް ޓޮޓެންހަމް އިން ދިޔައީ ލިވަޕޫލްގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ.

އެގޮތުން 12 ވަނަ މިނެޓުގައި ސޮން ވަނީ ޓޮޓެންހަމް އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ، ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އެހެން ނަމަވެސް 24 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ވަނީ ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމްއަށް އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޑެލެއަލީއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-3 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ޓޮޓެންހަމް އެވެ. އެގޮތުން އެޓީމުން ވަނީ ލިވަޕޫލްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ދެވަނަ ހާފްގައި ލިވަޕޫލް އަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ޓޮޓެންހަމް އިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. ކޭންގެ މި ލަނޑާއެކު ޕްރިމިއާ ލިގުގައި ލިވަޕޫލް ކޮޅަށް ވަތް ލަނޑުގެ އަދަދު ވަނީ 1،000 އަށް އަރާފައެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ޓީމެއް ކޮޅަށް 1،000 ލަނޑު ވަދެފައިވާ ޓީމުގެ އަދަދު ލިވަޕޫލްއާއެކު ވަނީ ހަ ޓީމަށް އިތުރުވެފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނަގައި 20 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމް އަށް ޕޮއިންޓް ތާވަލުގެ ތިންވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. ލިވަޕޫލް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު