Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ބަތަލާ ރިސޯޓުން ޕޮޒިޓިވްވެގެން އައިޖީއެމްއެޗްގައި ފަރުވާދިން 2 މީހުން ދޫކޮށްލައިފި

އެ 2 މީހުން ޑިސްޗާޖް ކުރެވުނީ މިއަދު އެމީހުން ފުލައިޓުން ފުރައިގެން ދާ ގޮތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2020 | ހުކުރު 17:04
އައިޖީއެމްއެޗް ލެބޯޓަރީ

އައިޖީއެމްއެޗް ލެބޯޓަރީ

ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 2 މީހުންނަށް ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗުން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެ ދެ މީހުން ދޫކޮށްލާފައިވަނި ހުކުރު ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

މި 2 މީހުންނަކީ ބިދޭސީ ދެމީހުންނެވެ. އެންމެ ފުރަތަމަ ކުރެއްދޫ ރިސޯޓުގައި 2 މީހަކު ޕޮޒިޓިވްވި ފަހުން ދެވަނަ އަށް އިތުރު 2 މީހަކު ޕޮޒިޓިވްވީ ބަތަލާ ރިސޯޓުންނެވެ. މަބްރޫކް ވިދާޅުވީ އެމީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ވަގުތުން ފުރައިގެންދާ ގޮތަށް ކަމަށެވެ.

އެމީހުން މިއަދު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެ ދެމީހުން ކޮވިޑް-19 އިން ރަނގަޅުވިތާ ދުވަސްތަކެއްވަނީ ވެފައެވެ. އެމީހުން އެންމެ ފުރަތަމަ ޓެސްޓްކުރީ، މާރޗް މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ދެވަނަ ފަހަރަށް ޓެސްޓްކުރީ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

ހޮސްޕިޓަލުން އެ ދެމީހުން ދޫކޮށް ފުރުމުގެ ހުއްދަ ދީފައިވަނީ ޓެސްޓް ނަތީޖާ ޑަބަލް ނެގެޓިވް ވުމުންނެވެ. އަދި އައިސޮލޭޝަންގެ މުއްދަތު ވެސް ހަމަވިފަހުންނެވެ. އެ ދެމީހުން ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ފުލައިޓަކުންނެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ޕޮޒިޓިވް ކޭސްއަކަށް ބަދަލުއައިސްފައި ނުވާ ކަމަށެވެ. އަދި ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާ އިރު މިހާރު ފަރުވާ ދެމުން އަންނަނީ ޔޫކޭއިން އައި 4 ދިވެހިންނަށެވެ. އިތުރު ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. މަބްރޫކް ވިދާޅުވީ ރާއްޖޭގައި ފަރުވާ ދެމުންދާ 4 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް 1434 ސާމްޕަލްއެއް ހުކުރު ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް ނެގިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1364 ނެގެޓިވްވެފައިވާ ކަމަށާއި، 51 ސާމްޕަލް ނަތީޖާ ނުލިބޭ ކަމަށެވެ.

އައިސޮލޭޝަން ފެސިލިޓީގައި މިހާރު ތިބީ ވެލިދޫގައި ތިބި 11 މީހުންނެވެ. އަދި ކަރަންޓީންގައި މިހާރު ތިބީ 881 މީހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗްގައި ފަރުވާ ދޭ މީހާއަކީ ހަމަލާ ދީގެން ފަރުވާ ދޭ މީހެއް ނޫން: ޕޮލިސް

އައިޖީއެމްއެޗްގައި ފަރުވާ ދޭ މީހާއަކީ ހަމަލާ ދީގެން ފަރުވާ ދޭ މީހެއް ނޫން: ޕޮލިސް

04 އޯގަސްޓު 2017
ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެނީ

ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެނީ

06 ޖުލައި 2017
ލޯންޗު އެކްސިޑެންޓްގައި އޭޑީކޭގައި ފަރުވާދިން އެންމެން ދޫކޮށްލައިފި

ލޯންޗު އެކްސިޑެންޓްގައި އޭޑީކޭގައި ފަރުވާދިން އެންމެން ދޫކޮށްލައިފި

22 ޖޫން 2017
އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ

އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ

14 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު