Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ބޯޑަރ ކޮންޓްރޯލް ފިޔަވަޅު ތަކުގެ ދަށުން ދެކުނު ކޮރެއާގެ 27000 މީހުން ސެލްފް-ކަރަންޓީންގައި

އެ މީހުން 14 ދުވަހަށް ކަރަންޓީން ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އެޕްރީލު 2020 | ހުކުރު 07:19
އެ ޤައުމުގައި 27،000 މީހުން 14 ދުވަހަށް ކަރަންޓީން ކޮށްފައިވޭ

އެ ޤައުމުގައި 27،000 މީހުން 14 ދުވަހަށް ކަރަންޓީން ކޮށްފައިވޭ

ދެކުނު ކޮރެއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގެ 27،000 މީހުން ސެލްފް-ކަރަންޓީން ވެއްޖެއެވެ.

ދެކުނު ކޮރެއާގެ މީޑިއާތަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުގައި އަޅާފައިވާ ބޯޑަރ ކޮންޓްރޯލް ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގައި 27،000 މީހުން 14 ދުވަހަށް ކަރަންޓީން ވެފައިވާއިރު، މިއީ އެހެން ޤައުމުތަކުން އެ ޤައުމަށް ވައިރަސް އެތެރެވުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް އިންޓީރިއާރ އެންޑް ސޭފްޓީއާ ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެ ޤައުމުން ސެލްފް ކަރަންޓީން ކުރުމަށް އަންގާފައިވާ ފަރާތްތަކުގެ ތެރެއިން 19،567 މީހުންނަކީ ދާދި ފަހުން އެހެން ޤައުމުތަކުން އެނބުރި އެ ޤައުމަށް އައި މީހުންނެވެ. އަދި އޭގެ ތެރެއިން 7499 މީހުންނަކީ ވައިރަސް ޖެހިފައިވާ މީހުންނާއި ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީން ކޮށްފައިވާ މީހުންނެވެ.

ދެކުނު ކޮރެއާއިން މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 174 މީހުން ވައިރަސްގައި މަރުވެފައިވެއެވެ. އެގޮތުން މީގެ ކުރިން ސައުތު ކޮރެއާއިން ދުވާލެއްގެ މައްޗަށް 800 އެއްހާ ކޭސް ރިޕޯޓް ކުރެވުނު ނަމަވެސް އެ ޤައުމުން ހަރުދަނާ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ކުރިއަށްވުރެ ކޮންޓްރޯލް ކޮށްފައިވާކަމަށް ބުނެ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް ވަނީ އެ ޤައުމަށް ތައުރީފު ކޮށްފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
04 މާރިޗު 2017

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު