Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އުމުރުން ދުވަސްވީ މީހާ

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ފިރިހެން މީހާގެ އުމުރަކީ 112 އަހަރު

އޭނާ އުފަންވެފައިވަނީ 1908 ވަނަ އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 އެޕްރީލު 2020 | ބުދަ 07:01
ދުނިޔޭގައި މިވަގުތުހުރި އެންމެ ދުވަސްވީ ފިރިހެންމީހާ

ދުނިޔޭގައި މިވަގުތުހުރި އެންމެ ދުވަސްވީ ފިރިހެންމީހާ

ދުނިޔޭގައި މިވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެން މީހާގެ ލަޤަބު، އުމުރުން 112 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތަކު ހޯދައިފިއެވެ.

މަރޗް މަހުގެ 29 ވަނަ ދުވަހު އުމުރުން 112 އަހަރު ވީ ރޮބަރޓް ވިއެޓަން އަށް ރިކޯޑު ފޮތުން ޖާގަ ލިބެގެންދިޔައިރު އޭނާ އުފަންވެފައިވަނީ 1908 ވަނަ އަހަރުއެވެ. ރޮބަރޓަށް މިރިކޯޑް ލިބިގެން މިދިޔައީ އެންމެފަހުން މިރިކޯޑް އޮތް ޖަޕާނުގެ ރައްޔިތެއްކަމަށްވާ ޗިޓްސު ވަތްނަބޭ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އޭނާގެ އުމުރުން 112 އަހަރުގައި މަރުވުމާއި ގުޅިގެންނެވެ. ވަތްނަބޭ މަރުވެފައިވަނީ އޭނާގެ އުމުރުން 112 އަހަރާއި 355 ވަނަ ދުވަހުގައެވެ. ވަތްނަބޭ އުފަންވެފައިވަނީ 1907 ވަނަ އަހަރުގެ މަރޗް މަހުގެ 5 ވަނަ ދުވަހުއެވެ.

ޢާންމުގޮތެއްގައި ރިކޯޑް ލިބޭ މީހާއަށް ރިކޯޑް އެރުވުމުގެ ކަންކަން ކުރިޔަށްގެންދަނީ އެކަން ޖަޖުކުރާ ފަރާތްތަކުން އެމީހަކާއި ބައްދަލު ކޮށްގެންނެވެ. ނަމަވެސް ކޮވިޑް-19 އާއި އިޖުތިމާޢީ ގައިދުރުކަން ގެންގުޅެންޖެހޭތީ ރޮބަރޓަށް ރިކޯޑް އެރުވުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އޭނާ ދިރިއުޅޭ ގޭގައި އޭނާ ދުރުގައި ހުރެގެންނެވެ.

ރޮބަރޓް ބުނާގޮތުން ގިނަ ދުވަހު އޭނާ ދިރިއުޅުމަށް ވަކި ޚާއްޞަ ކަންތައްތަކެއް އޭނާ ނުކުރެއެވެ. އޭނާ ބުނާގޮތުން އޭނާއަކީ ޢާންމު ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. ގިނަ ދުވަސްތަކަކު ދިރިއުޅުމުގެ ނަސީބު އޭނާއަށް ލިބުނީކަމަށް ރޮބަރޓް ބުނެއެވެ.

ދުނިޔޭގެ ރިކޯޑް ފޮތުގެ ވެބްސައިޓްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯ އެއްގައި ރޮބަރޓް ބުނެފައިވަނީ ދުވަހަކުވެސް މައުންޓް އެވަރަސްޓަށް އަދި ދުނިޔެ ވަށާ ބުރުޖެހުމަށް އޭނާ ނުބުނާކަމަށެވެ. އަބަދުވެސް ދިރިއުޅެމުންދަނީ އެވަގުތު ދިރިއުޅުން ދައްކާގޮތަކަށް ކަމަށް ރޮބަރޓް ބުނެއެވެ.

ރޮބަރޓް އުފަންވެފައިވަނީ ޔޮކްޝީރޭ އަށެވެ. އޭނާގެ ޢާއިލާގައި 7 ކުދިން ތިބޭއިރު ސްކޫލުން ކިޔެވުމަށްފަހު އޭނާ ކުރިޔަށް ގޮސްފައިވަނީ މެރިން އިންޖިނިއަރިންގ ގެ ދާއިރާއިންނެވެ. އެއަށްފަހު އޭނާ ޓައިވާނަށް ބަދަލުވިއެވެ. އަދި 1937 ވަނަ އަހަރު އޭނާގެ އަންހެނުން އެގްނެސް އާއި ކައިވެނިކުރި އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު އުފަންވުމާއެކު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމީހުންގެ ދިރިއުޅުން ކެނެޑާއަށް ބަދަލުކުރިއެވެ. އަދި އެއަށްފަހު އެމެރިކާގައި އުޅުމަށްފަހު 1945 ގައި އަނެއްކާ އިނގިރޭސިވިލާތަށް ބަދަލުވިއެވެ.

ރޮބަރޓަށް ކާފަކިޔާ 10 ކުދިން އަދި މުނިކާފަ ކިޔާ 25 ކުދިން އެބަތިއްބެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ރިކޯޑް ހޯދުމަށް ރޮބަރޓަށް އަދި އިތުރު 4 އަހަރު އެބައޮތެވެ. މިރިކޯޑް މިވަގުތު އޮތީ ޖަޕާނުގެ ރައްޔިތެއްކަމުގައިވާ ޖިއޮރެމަން ކިމުރާ އަތުގައެވެ. އޭނާ އުފަންވެފައިވަނީ 1897 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ މަރުވީ އުމުރުން 116 އަހަރާއި 54 ވަނަ ދުވަހު 2013 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެން މީހާގެ ރިކޯޑް އޮންނަނީވެސް ޖަޕާނުގެ ރައްޔިތެއްގެ އަތުގައެވެ. އެއީ ކާނެ ތަނަކާއެވެ. ޖަޕާނުގައި އުޅޭ މިމީހާގެ އުމުރުން 117 އަހަރު ފާހަގަކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު