Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19: ޔޫރަޕްގެ ގައުމުތަކުން އެންމެ ބޮޑަށް އަސަރު ކުރަމުންދަނީ އިޓަލީ އަދި ސްޕެއިންއަށް

29 މާރިޗު 2020 | އާދީއްތަ 10:06

އިޓަލީން ހޮނިހިރު ދުވަހު އެކަނި 1400 މީހުން ބަލިން ރަނގަޅުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މާރިޗު 2020 | އާދީއްތަ 10:06
އިޓަލީގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ގެ ބަލިމީހަކަށް ޑޮކްޓަރަކު ފަރުވަ ދެނީ

އިޓަލީގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ގެ ބަލިމީހަކަށް ޑޮކްޓަރަކު ފަރުވަ ދެނީ

މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހޮނިހޮރި ދުވަހުގެ ނިޔަލަށް އިޓަލީން އެކަނި 10،023 މީހުން މަރުވެއްޖެއެވެ.

އިޓަލީގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުން ހޮނިހުރު ދުވަހުގެ ނިޔަލަށް އެގައުމުން ވަނީ 92،472 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 12،384 މީހަކު ވަނީ ރަނގަޅުވެފައެވެ.

އިޓަލީގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންތެ ވިދާޅުވީ ހޮނިހިރު ދުވަހު އެކަނި 1400 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިއީ އެއްދުވަހަކަ އެންމެ ގިނަ މީހުން ރަނގަޅުވި ދުވަސް ކަމަށް ކޮންތެ ވިދާޅުވިއެވެ. ހޮނިހިރު ދުވަހު 1400 މީހުން ރަނގަޅުވި އިރު އެދުވަހު އެކަނި ވެސް 889 މީހަކު ވަނީ ވައިރަސްގެ ސަބަބުން މަރުވެފައެވެ.

ކޮންތެ ވިދާޅުވީ މުނިސިޕަލް ޕްރޮގްރާމްގެ ދަށުން 4.8 ބިލިއަން އެމެރިކާ ޑޮލަރު ނަގާފައިވާ ކަމަށާއި، އޭގެ ދަށުން ލޮކްޑައުންގެ ސަބަބުން އަސަރު ކުރަމުންދާ އާމްދަނީ މަދުން ލިބޭ މީހުންނާއި ފަގިރުންނަށް ފުޑް ވައުޗާ ދީ، ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސިޓީތަކުގެ މޭޔަރުންނާއެކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

އިޓަލީ ލޮކްޑައުންކުރުމާއެކު ގިނަ އަދަދެއްގެ ކާރުހާނާތައް ބަންދުކޮށް އެގައުމުގެ ރައްޔިތުންނަށް ލިބެމުންދާ އާމްދަނީ ވަނި ބޮޑުތަނުން ކުޑަވެފައެވެ.

މީގެ އިތުރުން ފަންޑު ބޭނުންކުރެވޭ އެހެން ކަންކަމުގެ ތެރޭގައި ބޭސް ފޯރުކޮށްދިނުމާއި އެހެނިހެން ޒަރޫރީ ތަކެތި ހިމެނެއެވެ.

ކޮންތޭ ވިދާޅުވީ މިހާރު ލިބިވަޑައިގެންނެވި ތަފާސްހިސާބުތަކަށް ބައްލަވާއިރު ކޮވިޑް-19 ޖެހޭ މިންވަރު ދަށްވަމުންދާ ކަމަށާއި، މިގޮތަށް ދާނަމަ ހުކުރު ދުވަހު ސްކޫލްތައް ހުޅުއްވާނެ ކަމަށެވެ.

ސްޕެއިންގެ ހެލްތް މިނިސްޓްރީން ވަނި ހޮނިހިރު ދުވަހު 832 މީހަކު މަރުވިކަން ހާމަކޮށްފައެވެ. އަދި މިއާއެކު އެގައުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 5690 އަށް ހޮނިހިރު ދުވަހު އަރާފައެވެ. މިއީ އިޓަލީއަށްފަހު މަރުވި މީހުންގެ އަދަދު ދެން އެންމެ ގިނަ ގައުމެވެ.

އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވަނީ މި އައުޓްބްރޭކްގެ އެންމެ ނުރައްކާތެރި ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި މިއާއެކު ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ. އަދި މިއާއެކު ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިން އެކަމަޑޭޓް ކުރާނެ އެހެން ގޮތްތަކެއް މިހާރު ހޯދަން ޖެހިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ފްރާންސްގައި 37،757 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 319 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

ޤުދުސްއަށް ޔަހޫދީން ވެރިވުން – އުރުދުން ވަކިން ބޮޑަށް ހިތްހަމަނުޖެހިފައި!

07 ޑިސެމްބަރު 2017
ޤުދުސްއަށް ޔަހޫދީން ވެރިވުން – އުރުދުން ވަކިން ބޮޑަށް ހިތްހަމަނުޖެހިފައި!
09 ނޮވެމްބަރު 2017

ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު

09 ނޮވެމްބަރު 2017
ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު
25 އޮކްޓޯބަރު 2017

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ: ޓިލާސަން

25 އޮކްޓޯބަރު 2017
ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ: ޓިލާސަން
02 ސެޕްޓެމްބަރު 2017

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު

02 ސެޕްޓެމްބަރު 2017
އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު
27 ޖުލައި 2017

ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި

27 ޖުލައި 2017
ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި
07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
06 ޖުލައި 2017

ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި

06 ޖުލައި 2017
ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި
02 ޖޫން 2017

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް