Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު

އިރާގުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެއްވެސް ގައުމެއް އެކަހެރިކުރުމާ ދެކޮޅުކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 ނޮވެމްބަރު 2017 | ބުރާސްފަތި 05:10
ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ(ކ)އަދި އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހިމް އަލް-ޖާފަރީ ގަތަރުގެ ދޯހާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ(ކ)އަދި އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހިމް އަލް-ޖާފަރީ ގަތަރުގެ ދޯހާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އުވުމުގެ ޒިންމާ ނަގަން ޖެހޭނީ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ތިބި ގައުމުތަކުން ކަމަށް އެ ގައުމުން ބުނެފިއެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ މިހެން ވިދާޅުވީ ގަތަރުގެ ވެރިރަށް ދޯހާގައި ބުދަ ދުވަހު އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހިމް އަލްޖާފަރީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޝެއިޚް މުހައްމަދު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުއިން ޓެރެރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައާ އަދި މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތަކަށް، ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުގެ ގޮތްދޫނުކުރުމުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ.

އިރާގުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ދެބަސްވުން ހައްލުކުރުމަށް އޮތް އެންމެ ރަނގަޅު މަގަކީ ވާހަކަ ދެއްކުން ކަމަށާއި ގައުމެއް އެކަހެރި ކުރުމާ އިރާގުން ދެކޮޅު ކަމަށެވެ.

އިރާގާއި ޤަތަރުން މި ބައްދަލުވުން ބާއްވާފައިވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި އައިއެސް ބަލި ކުރުމަށްފަހު އިރާގް އަލުން އާރާސްތު ކުރާނެ ގޮތާބެހޭ ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހު ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ، މިސްރާއި،ބަހްރެއިން އިން ވަނީ ގަތަރާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމާއި ދަތުރުފަތުގެ ގުޅުން ކަނޑާލައި އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ގަތަރާމެދު ފިޔަވަޅު އެޅި ގައުމުތަކުން ޖޫން މަހުގެ 22 ވަނަ ދުވަހު ވަނީ 13 ނުކުތާއެއްގެ މައްޗަށް ހިމެނޭ ޑިމާންޑްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ބަންދުކުރުމާއި އީރާނާ ގުޅުން ކަނޑާލުން ވެސް ހިމެނޭއިރު ގަތަރުން ވަނީ އެ ޑިމާންޑްތަކަށް ދެކޮޅު ހަދާފައެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ގަތަރަށް"ދިގުދެމިގެންވާ ފާރުގަނޑެއް" ކުރިމަތިވާނެ ކަމެއް: ގަތަރު އެއާވޭސް

20 ޖޫން 2017
ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ގަތަރަށް"ދިގުދެމިގެންވާ ފާރުގަނޑެއް" ކުރިމަތިވާނެ ކަމެއް: ގަތަރު އެއާވޭސް
15 ޖޫން 2017

ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސެނޭޓުން ފާސްކޮށްފި

15 ޖޫން 2017
ރަޝިއާއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ސެނޭޓުން ފާސްކޮށްފި
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު