Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން ބަދަލު ކުރުމުގެ ހުއްދަ ދީފި

28 މާރިޗު 2020 | ހޮނިހިރު 12:11

އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން ބަދަލު ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދައިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 މާރިޗު 2020 | ހޮނިހިރު 12:11
ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް

ރާއްޖޭގެ ޓޫރިސްޓް ރިސޯޓެއް

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރިސޯޓު ތަކުގެ މެދުގައި ދަތުރު ނުކުރަން ކުރިން އަަންގާފައި ވިޔަސް އެއް ރިސޯޓުން އަނެއް ރިސޯޓަށް ޓޫރިސްޓުން ގެންދަން ޓޫރިޒަމް މިނިސްޓްރީ އަށް ހާއްސަ ހުއްދައެއް ދެއްވައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ، އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރު ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރިން އަންގާފައި ވިޔަސް، ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ފަތުރުވެރިން އެއް ރިސޯޓުން އަނެއް ރިސޯޓަށް ގެންދެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެއްރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން ބަދަލުކުރެވޭނީ، އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ލިޔުމުން ހުށަހެޅައި އެނިސްޓްރީން ހުއްދަ ލިބިގެންކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބުނެފައި ވެއެވެ.

މައިމޫނާ ވިދާޅުވީ، ރާއްޖޭގައި މިހާރު ފަތުރުވެރިން މަދުވެ، ބައެއް ރިސޯޓުތަކުގައި ތިބި ވަކިވަކި ޓޫރިސްޓުން އެހެން ރިސޯޓުތަކަށް ބަދަލުކުރުމުގެ ހުއްދަ ދިނީ، ހުސްވާ ރިސޯޓުތައް ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރުމަށް ކުރާ މަސައްކަތް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.

އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން ބަދަލު ކުރުމާއި ގުޅޭގޮތުން ބައެއް ރިސޯޓްތަކުގެ މުވައްޒަފުން ގެންދަނީ ނުރުހުން ފާޅުކުރަުން ނެވެ. ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ބުނަމުންދަނީ، ހުކުރު ދުވަހު، ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިޔާ ފުރުމުގެ ހުއްދަ، އެމީހުން ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ހަމަވިފަހުން، އެމީހުން އެނބުރި ގައުމަށްދިޔުމުގެ މަގުމަތީގައި ވަނިކޮށް، އެ ދެ މީހުންގެ ސާމްޕަލް ޕޮޒިޓީވްވިކަން އެޗްޕީއޭއިން ހާމަކޮށްފައިވާތީ، ކޮވިޑް-19ގެ ބަލި ފެތުރޭ ގޮތުގެ ނުވަތަ ކަރަންޓީން މުއްދަތާމެދު ވެސް ޝައްކު އެފެދޭ ކަމަށްބުނެ އެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއުލާން ކުރައްވާފައިވާ، އެންމެފަހު ފަތުރުވެރިޔާ އެ ރިސޯޓަކުން ފުރާ ދުވަހުން ފެށިގެން 14 ދުވަސް ފަހުން އެރިސޯޓެއް މުވައްޒަފުންނަށް ރިސޯޓުން ފޭބުމުގެ ހުއްދަ ލިބޭނެކަން އަންގާފައިވަނިކޮށް، އެހެން ރިސޯޓެއްގައި ތިބި ފަތުރުވެރިންތަކެއް، އެގޮތަށް ރިސޯޓްތަކަށް ބަދަލު ކުރުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫންކަމަށް ބައެއް ރިސޯޓްތަކުގެ މުވައްޒަފުން ދަނީ ބުނަމުން ނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް