އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި 04 މީހުން ހައްޔަރުކޮށްފި
28 މާރިޗު 2020 | ހޮނިހިރު 06:55ބައެއް ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި


ހއ.އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ތަކެތި
ހއ. އަލިދޫ ރިސޯޓުއަށް އެކި ދުވަސްމަތިން އަރައި އެރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލާގައި 04 ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އަލިދޫ ރިސޯޓުއަށް އެކި ދުވަސްމަތިން އަރައި އެރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާކަމުގެ މައްސަލައެއް މާރޗް 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މާރޗް 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ އަމުރެއްގެ ދަށުން ހއ.އުތީމުގެ 09 ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު 35 އަހަރުގެ ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއް އަދި 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މި 04 މީހުން ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 26 މާޗް ވަނަ ދުވަހު ކޯޓަށް ގެންދިއުމުން ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






