Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ވައިރަސް ލައްކައަކަށް އެރީ 67 ދުވަހުން، ނަމަވެސް 4 ލައްކައަށް އަރަން ނެގީ 2 ދުވަސް، ސަމާލުވޭ: ޓެޑްރޯސް

2 ލައްކައަށް އަރަން 11 ދުވަސް ނެގިއިރު، ދެލައްކައިން ތިން ލައްކައަށް އަރަން ނެގީ 4 ދުވަސް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މާރިޗު 2020 | ހުކުރު 07:06
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރަން ނެގީ 67 ދުވަސް ކަމަށާއި، ނަމަވެސް ހަލުވި މިނެއްގައި ވައިރަސް ފެތުރި ތިން ލައްކައިން 4 ލައްކައަށް އަރަން ނެގީ އެންމެ 2 ދުވަސްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އޮތް ޖީ20 ސަމިޓުގައި ތަޤުރީރު ދެއްވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، މުޅި ދުނިޔޭގައި ވައިރަސް ފެތުރެމުންދާއިރު، އެންމެ ފުރަތަމަ މި ވައިރަސް ފެތުރި ލައްކައަކަށް އަރަން ނެގީ 67 ދުވަސް ކަމަށެވެ. އެއަށްފަހު 2 ލައްކައަށް އަރަން 11 ދުވަސް ނެގިއިރު، ދެލައްކައިން ތިން ލައްކައަށް އަރަން ނެގީ 4 ދުވަސްކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ، މި ވައިރަސް ހަލުވިމިނެއްގައި ފެތުރި، ތިން ލައްކައިން 4 ލައްކައަށް އަރަން ނެގީ އެންމެ 2 ދުވަސް ކަމަށާއި، އެއިން ދޭހަކޮށްދެނީ ވަގުތުުން ވަގުތަށް ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފިނަމަ އެތައް މިލިއަނެއްގެ އާބާދީތަކެއް ވައިރަސްގައި މަރުވެގެންދާނެކަން ކަމަށެވެ.

އޭގެ އިތުރުން، ބައި މިލިއަނަށްވުރެ ގިނަ މީހުން މިހާރު ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ކާރިސާއެއްގެ ގޮތުގައި ޓެޑްރޯސް ވަނީ ސިފަކުރައްވާފައެވެ. އަދި އެކަމުގައި ހުރިހާ ޤައުމަކުން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މި ބަލިމަޑުކަމުން އަރައި ނުގަނެވޭނެ ކަމަށާއި، ވަރަށް ބޮޑު މާލީ އެހީތެރިކަމެއްވެސް ބޭނުންވާކަން ޓެޑްރޯސް ވަނީ ސަމިޓުގައި ފާހަގަކުރައްވާފައެވެ.

އެގޮތުން ވައިރަސްއާ ގުޅިގެން ކުރަމުންދާ ދިރާސާތަކާއި ތަހުލީލު ތަކުގެ އިތުރުން، ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކާއި ޤައުމުތަކުގެ ސިއްޙީ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ޓެޑްރޯސް ފާހަގަކުރައްވާފައިވެއެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި ސަމިޓުގެ މެމްބަރުންނަށް މައިގަނޑު 3 އިލްތިމާސެއް ކުރައްވާފައިވެއެވެ. އެގޮތުން މިއީ އަމިއްލަ ފުރާނައަށް ކުރިމަތިވެފައިވާ ނުރައްކަލެއްކަން ދެކި، ހުރިހާ ފަރާތަކުންވެސް ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމާއި، އެންމެން އެކަތިގަނޑަކަށް ވެގެން މި ދަނޑިވަޅުގައި މަސައްކަތް ކުރުން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޓެޑްރޯސް ވިދާޅުވީ، މި ދަނޑިވަޅުގައި ޤައުމުތަކުން އަތުގުޅާލައިގެން މެނުވީ މި ވައިރަސްއިން ރައްކާތެރިވުމަކީ ނާދިރު ކަމެއް ކަމަށެވެ.

އޭގެ އިތުރުން، 3 ވަނަ ކަމެއްގެ ގޮތުން ޓެޑްރޯސް ވިދާޅުވީ، މިފަދަ ބަލިމަޑުކަމެއް ފެތުރިގެން ދިޔަ ނުދިނުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ދުރާލާ ތައްޔާރު ވުމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ޚަރަދު ކުރުމަށްޓަކައި ފަންޑެއްވެސް އެކުލަވާލާފައިވާއިރު، މިހާތަނަށް އެކި ފަރާތްތަކުން ފަންޑަށް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްދީފައިވާކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

25 މެއި 2018

ޓްރަމްޕް ބައްދަލުވުން ކެންސަލް ކުރެއްވި ނަމަވެސް މަޝްވަރާއަށް އުތުރު ކޮރެއާ އަދިވެސް އޮތީ ތައްޔާރަށް

25 މެއި 2018
ޓްރަމްޕް ބައްދަލުވުން ކެންސަލް ކުރެއްވި ނަމަވެސް މަޝްވަރާއަށް އުތުރު ކޮރެއާ އަދިވެސް އޮތީ ތައްޔާރަށް
21 މެއި 2018

ނުރައްކާތެރި ވައިރަސް ނިޕަހް އިންޑިޔާއިން ފެނި އެތައް ބަޔަކު މަރުވެއްޖެ!

21 މެއި 2018
ނުރައްކާތެރި ވައިރަސް ނިޕަހް އިންޑިޔާއިން ފެނި އެތައް ބަޔަކު މަރުވެއްޖެ!
14 މާރިޗު 2018

ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ

14 މާރިޗު 2018
ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ
16 ނޮވެމްބަރު 2017

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
28 އޮކްޓޯބަރު 2017

30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި

28 އޮކްޓޯބަރު 2017
30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު