Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ނައިބު ރައީސް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި

އެމަނިކުފާނު މި ސެންޓަރަށް ޒިޔާރަތްކުރެއްވީ ބުރާސްފަތި ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 މާރިޗު 2020 | ހުކުރު 04:15
ނައިބު ރައީސް ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ނައިބު ރައީސް ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ނާއިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު މި ސެންޓަރަށް ޒިޔާރަތްކުރެއްވީ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނުވަނީ ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުގެ ކަމާގުޅުންހުރި މުޢައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ. އަދި ކޯވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކޮށް، ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް އެ ސެންޓުރުގެ ފަރާތުން ތައްޔާރުވެފައިވާ މިންވަރާއި ގުޅޭގޮތުންވެސް ނާއިބު ރައީސް ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ނާއިބު ރައީސްގެ މި ޒިޔާރަތުގައި އެން.އީ.އޯ.ސީގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބައްލަވާލެއްވުމުގެ އިތުރުން، ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަމާގުޅޭގޮތުން އެމަނިކުފާނުގެ ޚިޔާލާ މަޝްވަރާ ސެންޓަރުގެ ބައިވެރިންނާއި ވަނީ ހިއްސާކުރައްވާފައެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ އިރުޝާދު ގެ ދަށުން، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އަދި ހެލްތް ޕްރޮޓެކްޗަން އެޖެންސީން (އެޗްޕީއޭ) އިން ގާއިމްކުރި ސެންޓަރެކެވެ.

މި ސެންޓަރުން ކޮންމެ ދުވަހަކު 2 ފަހަރު އަންނަނީ ރައްޖޭގައި ކޮވިޑް-19 އޮތް ހާލަތު ހާމަކޮށް އާންމުންގެ ކަންބޮޑުވުންތަކަށާއި، ނޫސްވެރުންގެ ސުވާލުތަކަށް ޖަވާބުތައް ދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ދިވެހި ރާއްޖޭގައި މިހާތަނަށް އަޅަމުންއައި ހުރިހާ ފިޔަވަޅުތައް ފުޅާކޮށް، ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތަކެއް ގުޅިގެން، މިހާރުން ފެށިގެން މިކަމާ ދުރާލާ ތައްޔާރު ވުމުގެ ގޮތުން އެކި އެކި މަސައްކަތް ކުރެވެމުން ދާކަމަށް އެންޑީއެމްއޭ އަދި އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު