Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ދެކުނު އެފްރިކާ

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފި

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސްރާއީލުގެ ސިފައިން މަރާލި މީހުންގެ އަދަދު މަދުވެގެން 55 ކަށް ވަނީ އަރާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 15 މެއި 2018 | އަންގާރަ 10:34
ޣައްޒާ ބޯޑަރު ސަރަހައްދުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ

ޣައްޒާ ބޯޑަރު ސަރަހައްދުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ

އިސްރާއީލުން ޣައްޒާ-އިސްރާއީލު ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ދެކުނު އެފްރިކާ އިން އިސްރާއީލަށް ކަނޑުއަޅުއްވާފައިވާ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސްފިއެވެ.

ދެކުނު އެފްރިކާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެންމެ ފަހުގެ ހަމަނުޖެހުންތަކުގައި އެކަނިވެސް 40 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދިޔަައީ "ސުލްހަވެރި މުޒާހަރާއެއް ކަމަށާއި" އެ ރައްޔިތުން މުޒާހަރާ ކުރަމުން ދިޔައީ އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވުމުން ކަމަށާއި އެއީ އިސްރާއީލުން ހިންގި "ރުޅިވެރިކަމުގެ އަމަލެއް ކަމަށެވެ." ދެކުނު އެފްރިކާގެ ޚާރިޖިއްޔާ އިން އިތުރަށް ބުނީ އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާ އިން ފައިބަން ޖެހޭ ކަމަށާއި އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާމެދު މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސްރާއީލުގެ ސިފައިން މަރާލި މީހުންގެ އަދަދު މަދުވެގެން 55 ކަށް ވަނީ އަރާފައެވެ. އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ދުވަސްތަކެއްވެފައިވާއިރު ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްއަށް ޝުކުރު އަދާކޮށްފައެވެ.

ހޯމަ ދުވަހު އިސްރާއީލާ ދެކޮޅަށް ކުރިއަށް ދިޔަ އިހުތިޖާޖުގައި އިސްރާއީލު އަސްކަރިއްޔާ އިން ބުނާގޮތުން "ހަަމަނުޖެހުން އުފައްދަން ނުރައްކާތެރި ގޮތެއްގައި 40،000 މީހުން ހަރަކާތްތެރިވެފައިވެއެވެ."

އެމެރިކާގެ އެމްބަސީ ހުޅުވާފައިވަނީ މިހާރު ވެސް ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައި ކަމަށްވާއިރު ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު