Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމިގްރޭޝަން

ވާރކް ވިސާ ފިޔަވައި، އެހެނިހެން ވިސާތަކުގައި ތިބި މީހުން ސަރުކާރު ހުޅުވާތާ 10 ދުވަސް ތެރޭގައި ވިސާ އާ ކުރަންޖެހޭ: އިމިގްރޭޝަން

27 މާރިޗު 2020 | ހުކުރު 04:38

ވާރކް ފީ ދެއްކިފައިނުވާ ފަރާތްތައް އެމައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 27 މާރިޗު 2020 | ހުކުރު 04:38
އިމިގްރޭޝަން މުވައްޒަފުން

އިމިގްރޭޝަން މުވައްޒަފުން

ވާރކް ވިސާ ފިޔަވައި، އެހެނިހެން ވިސާތަކުގައި ރާއްޖޭގައި ތިބި ފަރާތްތަކުގެ ތެރެއިން، ސަރުކާރު ބަންދު މުއްދަތުގެ ތެރޭގައި ވިސާގެ މުއްދަތު ހަމަވާ ފަރާތްތައް، ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަންފަށާ ދުވަހުންފެށިގެން 10 ދުވަހުގެ ތެރޭގައި ވިސާ އައުކުރަން ހުށަހަޅަންޖެހޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ވާރކް ވިސާ އަދި އެހެނިހެން ވިސާ ތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކާއި ގުޅޭ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި19 މާރޗް 2020 އިން ފެށިގެން ސަރުކާރު އިދާރާތަށް ބަންދުކޮށްފައިވުމާއެކު، ޚިދުމަތްތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އައު އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން 01 މާރޗް 2020ގެ ފަހުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ، ވާރކް ފީ ދެއްކިފައިނުވާ ފަރާތްތައް ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަން ފަށާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެފަރާތްތަކުގެ މަޢުލޫމާތު މުވައްސަސާއަށް ހިއްސާކުރަންޖެހޭ ކަމަށެވެ. އަދި ވާރކް ވިސާ ފިޔަވައި، އެހެނިހެން ވިސާތަކުގައި ރާއްޖޭގައި ތިބި ފަރާތްތަކުގެ ތެރެއިން، ސަރުކާރު ބަންދު މުއްދަތުގެ ތެރޭގައި ވިސާގެ މުއްދަތު ހަމަވާ ފަރާތްތައް، ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަންފަށާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ވިސާ އައުކުރުމަށް ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ސަރުކާރުގެ އިދާރާތައް ރަސްމީކޮން ބަންދުކުރަން ނިންމާފައިވާ މުއްދަތުގެ ތެރޭގައި، އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބި ވިސާ އައު ނުކުރެވިވާ ފަރާތްތަކާއި، އެހެނިހެން ވިސާ ތަކުގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ތެރެއިން ސަރުކާރު ބަންދު ދުވަސްތަކުގައި ވިސާ ހަމަވާ ފަރާތްތައް ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާނަމަ، އެފަރާތްތައް ސްޕޮންސަރ ކޮށްފައިވާ ފަރާތުން IM34 ނަންބަރު ފޯމާ 'އެޕްލިކޭޝަން ފޯރ އިމަރޖެންސީ ޑިޕަރޗަރ' (ވެބްސައިޓްwww.immigration.gov.mv) ފުރިހަމަކުރުމަށް އެދޭ ކަމަށެވެ. އަދި މި ފޯމާއެކު ބޭނުންވާ ލިޔެކިއުން ހަމަކޮށް އެއަރޕޯރޓަށް ދިއުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ މިގޮތުގެ މަތިން އަމަލުކުރާ ފަރާތްތަކަށް ޖޫރިމަނާ ފައިސާއާއި ނުލައި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވިސާ އަދި ވިސާ ފީގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް