Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19: ހުޅުމާލޭގެ މަގުތައް ވެސް ކްލޮރިން ޖަހައިގެން ސާފުކުރަން ފަށައިފި

25 މާރިޗު 2020 | ބުދަ 06:41

ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފްއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 މާރިޗު 2020 | ބުދަ 06:41
ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ ތެރެއިން

ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ ތެރެއިން

ހުޅުމާލޭގެ މަގުތައް ވެސް ކްލޮރިން ޖަހައިގެން ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން މާލެސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފުން) ގުޅިގެން މި މަސައްކަތް ފަށާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ހުޅުމާލޭގެ މަގުތައް ކްލޮރިން ޖަހައިގެން ސާފުކުރަން ފަށާފައިވާއިރު މި މަހުގެ 23 ވަނަ ދުވަހު މާލޭގެ މަގުތައް ވެސް ސާފު ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލާއި އެމްއެންޑީއެފުން ވަނީ ފަށާފައެވެ.

އެގޮތުން މިކަމުގެ ތަފުސީލުތައް ހިއްސާކުރައްވަމުން މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، މިވަގުތު 2 ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ ހުރިހާ ސަރަހައްދެއް ފެންޖަހައި ސާފުކުރުމާއި ގިނައިން ކުނި ޖަމާވެފައި ނުނަގައި ގިނަ ދުވަސްވެފައިވާ ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޝިފާ ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ގެތައް ކައިރީ ޖަހާފައި ހުންނަ ޕެލެޓްތައް ނެގުމަށްފަހު ސާފުކުރާނެ ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ގޮތަށް ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މަގުތަކަށް ކުޅު ނުޖުހުމަށާއި ގެއިން އުކާލާ ކުނި މަގުތަކުގައި ނުބެހެއްޓުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ. ހޯމަ ދުވަހު ފަށާފައިވާ މި މަސައްކަތުގައި، ހޮޓާ ރެސްޓޯރަންޓް ސަރަހައްދުގައި ހަޑިވެފައި ހުންނަ ތަންތަން ސާފުކުރުމާއި، ވަކީން ގޮސް ޕެލެޓް ތަކުގެ ދަށުގައި ކުނި ޖަމާވެފައިވާ ތަންތަން ސާފުކުރުން ހިމެނެއެވެ.

ޝިފާ ވިދާޅުވީ، މަގުތަށް ސާފުކުރުމުގައި އެޗްޕީއޭއިން ލަފާދިފައިވާ މިންގަނޑަށް ކްލޮރިން ޖަހާނެކަމަށާއި މިކަމުން އެއްވެސް އުޅަނދަކަށް ގެއްލުން ނުވާނެކަމަށެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށް މަގުމައްޗަށް ކުނި އުކާނުލުމަށް ޝިފާ ވަނީ އިލްތިމާސްކޮށްފައެވެ.

ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފްއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2018

ބައްޕަޔާއި ދަރިފުޅުގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައިގެން ހޮސްޕިޓަލަށް

02 މާރިޗު 2018
ބައްޕަޔާއި ދަރިފުޅުގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައިގެން ހޮސްޕިޓަލަށް
02 ފެބުރުއަރީ 2018

ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި

02 ފެބުރުއަރީ 2018
ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި
07 ޖެނުއަރީ 2018

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުން ބައެއްގައި ތާރުއަޅާ ނިންމާލައިފި

07 ޖެނުއަރީ 2018
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުން ބައެއްގައި ތާރުއަޅާ ނިންމާލައިފި
19 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

19 ޑިސެމްބަރު 2017
 މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި
29 ޖުލައި 2017

ބޮލަށް ވަޅިޖަހައިގެން ފަރުވާދެމުން ދިޔަ ޒުވާނާ މަރުވެއްޖެ!

29 ޖުލައި 2017
ބޮލަށް ވަޅިޖަހައިގެން ފަރުވާދެމުން ދިޔަ ޒުވާނާ މަރުވެއްޖެ!
28 ޖުލައި 2017

ބަނޑަހަޖަހައިގެން ތިބުމަށް ފަހު ފުލުހުން ކުނޫޒު ދޫކޮށްލައިފި

28 ޖުލައި 2017
ބަނޑަހަޖަހައިގެން ތިބުމަށް ފަހު ފުލުހުން ކުނޫޒު ދޫކޮށްލައިފި
06 އެޕްރީލު 2017

ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި

06 އެޕްރީލު 2017
ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް