Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީ

ބަނޑަހަޖަހައިގެން ތިބުމަށް ފަހު ފުލުހުން ކުނޫޒު ދޫކޮށްލައިފި

މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ފުލުުހުން ކުރައްވާ ޣައިރުގާނޫނީ އަމަލެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 28 ޖުލައި 2017 | ހުކުރު 13:37
މ، ކުނޫޒު ސަރަހައްދުގައި ފުލުހުން ހަރަކާތެރި ވަނީ

މ، ކުނޫޒު ސަރަހައްދުގައި ފުލުހުން ހަރަކާތެރި ވަނީ

މ. ކުނޫޒު ކައިރީގައި ބަނޑަހަ ޖަހާއިގެން ތިބި ފުލުހުން އެތަން ދޫކޮށްލައިފި އެވެ.

ކޯޓް އަމުރެއްގެ ދަށުން ކުނޫޒު ބަލާފާކުރުމުގެ މަސައްކަތް ފަށާފައި ވަނީ އަންގާރަ ދުވަހުގެރޭގައެވެ. އެރޭ ދަންވަރު 01:30 ކަންހާއިރު ކުނޫޒު ބަލާ ފާސްކުރުމަށް ފަހު ނިންމާލި ކަމުގެ ލިޔެކިޔުން އެޕާޓީއާއި ހަވާލުކުރި ކަމަށް ޖުމްހޫރީ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ފުލުހުން ކުނޫޒު ކައިރީ އަމިއްލަޔަށް ބަންޑަހަ ޖަހާއިގެން ތިބުމަށް ފަހު ހުކުރު ދުވަހު ހަވީރު އެތަން ވަނީ ދޫކޮށްލައިފަ އެވެ. ކޯޓް އަމުރުގެ ދަށުން ކުނޫޒް ބަލާއި ފާސްކުރުމަށް ފަހު ފުލުހުން އެސަރަހައްދުގައި ބެރިކޭޓް ޖަހާ ބަންދުކޮށް ، އެތަނުގައި ތިބުމަށް ފަހު އެތަން ދޫކޮށް ގޮސްފައި ވަނީ ހުކުރު ދުވަހުގައެވެ.

ކޯޓު އަމުރުން ހުއްދަ ނުލިބޭ، ގޮތަކަށް ދެވަނަ ފަރަހަށް ބަލާ ފާސްކުރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.

ޖިނާއީ އިޖުރާއަތުގެ 32 ވަނަ މާއްދާގައި ބަލާ ފާސްކުރުމުގެ ކޯޓު އަމުރުގައި ހުންނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެ އަމުރުގެ ދަށުން ބަލާ ފާސްކުރުމަށްޓަކާއި އެއް ފަހަރަށްވުރެ، ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނަމަ، އެކަން އަމުރުގައި ބަޔާންކުރަންވާނެ ކަން އެ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށް މި ސިޓީގައިވަނީ ބަޔާންކޮށްފަ އެވެ.

ބަލައިފާސްކުރަން ނަމުގައި ކުނޫޒު ބަންދުކޮށްގެން ހިފެހެއްޓީ ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑު އުފުލުހުން ގިނަވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު