Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

މާލެއިން ކޮވިޑް-19 ކޭސްއެއް ފެނިއްޖެ ނަމަ އަމަލުކުރާނެގޮތުގެ އެކްސަސައިޒެއް ހިންގައިފި

24 މާރިޗު 2020 | އަންގާރަ 11:17

ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހުން އުފުލުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 މާރިޗު 2020 | އަންގާރަ 11:17
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް (ފައިލް ފޮޓޯ)

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް (ފައިލް ފޮޓޯ)

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އެއްވެސް ރަށަކުން ހާއްސަކޮށް، ގްރޭޓަރ މާލެ އޭރިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އެކްސަސައިޒެއް ބާއްވައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އަންގާރަ ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު ގާއިމުކޮށްފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ގްރޭޓަރުން މާލެ އޭރިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނިއްޖެހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ އެކްސަސައިޒެއް ބާއްވާފައިވާ ކަމަށާއި މިފަދަ ހާލަތެއް ކުރިމަތި ވެއްޖެނަމަ، އެންއީއޯސީން ކަނޑައަޅާފައިވާ ގޮތުގެ މަތިން އަމަލު ކުރަމުންދާނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކޮރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަންތައް ގާއިމު ކުރެވިފައިވާއިރު، އެތަންތަން މެނޭޖްކުރުމުގައި ވެސް އެންއީއޯސީން ކަނޑައަޅާފައިވާ ގޮތުގެމަތިން ސަލާމަތީ ހިދްމަތްތަކުގައި ހިމެނޭ ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޝަމާލް ވިދާޅުވީ ދިވެހި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި މިކަމުގައި ކޮމާންޑަރ އިން ޗީފް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިފައިންގެ އެހީތެރިކަން މެދުނުކެނޑި ލިބެމުންދާނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ، އެންއީއޯސީން މިހާރު މިހިންގާ ހަރަކާތަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެބޮޑު އަދި ވަރަށް ރޭވުންތެރިކަމާއެކު ހިންގޭ ހަރަކާތެއް ކަމަށެވެ. އެންއީއޯސީގެ މައިގަނޑު ފޯކަލް ޕޮއިންޓަކީ ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހެލްތް މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިތުރުން ކަމާބެހޭ ގިނަ އިދާރާތައް ހިމެނެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓީވްވެފައިވާއިރު، އެއީ މުޅިންވެސް ބިދޭސީން ނެވެ. އަދި މިކޭސްތައް ފެނިފައިވަނީ ވެސް ރިސޯޓްތަކުންނާއި ސަފާރީންނެވެ.

މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކުން މިފަދަ ކޭސްއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގގެ ދަށުން މީހުންގެ ސާމްޕަލްތައް ނަގައި މޮނީޓަރިންގ ހާލަތަށް ބައެއް ރަށްރަށާއި ތަންތަން ގެނެސްފައި ވެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 5 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް