Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭޕީ

ގާސީމްގެ ކުންފުނީގެ ހާލަތު ގޯސް، އެކަމަކު ގާސިމްއަކީ ހާލުގައި ޖެހޭ ވަގުތު އެހީވުމުގައި ނަމޫނާއެއް: ޖޭޕީ

24 މާރިޗު 2020 | އަންގާރަ 03:16

އިޤްތިޞާދީ ގޮތުން ގާސިމްގެ ކުންފުނީގެ ޙާލަތު އިންތިހާއަށް ގޯސް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 މާރިޗު 2020 | އަންގާރަ 03:16
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަކީ ހާލުގައި ޖެހޭ ވަގުތު އެހީވުމުގައި ނަމޫނާއެއްކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ދުނިޔޭގައި ހަލުވިކާމާއެކު ފެތުރެމުން ދާ ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން، ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ހިންގާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ތަނެއް ވަގުތީގޮތުން ބަންދުކުރާ ޚަބަރު ފެތުރުމާއިއެކު އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ ހުރިހާ ރިސޯޓެއްގެ މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމިމުމާއި ގުޅިގެން ގާސިމް އިބްރާހިމް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ގާސިމް އިބްރާހިމް ލީޑަރުކަން ކުރައްވަމުން ގެންދަވާ ޕާޓީ، ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް 19) ދުނިޔޭގެ ހުރިހާބައްރަކަށް ފެތުރި، މި ދިވެހިރާއްޖެއަށް ވެސް ފޯރާފައިވާ މި ހިތްދަތި ދަނޑިވަޅުގައިވެސް ބައެއް ފަރާތްތަކުން ދައްކަމުންދާ ޙަޤީގަތާ އިންތިހާޔަށް ދުރު ވާހަކަތަކާ ސިޔާސީ ބޭނުމެއްގައި ވިޔަސް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ނުވާނެ ފަދަ ދަށުދަރަޖައިގެ ޢަމަލުތައް މަދުން ނަމަވެސް ފެންނަކަމީ ހިތާމަހުރިކަމެއްކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ނަންފުޅު ކިލަނބު ކުރުމުގެ ބޭނުމުގައި އަދިބަޔަކު ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ދައްކާ ޙަޤީގަތާ އެއްވެސް ގުޅުމެއްނެތް ވާހަކަތައް މިޕާޓީން ކުށްވެރި ކުރާކަމަށާއި ތެދުބަހުން ވާހަކަދައްކާ އަދި ޙަޤީގަތް ހާމަކުރުމަށް ފަސްނުޖެހޭ ކޮންމެ ދިވެއްސަކު، ތަކްލީފެއްޖެހިގެން އެހީތެރިކަމަކަށް އެދި ދިއްކޮށްލި ހަމަކޮންމެ އަތެއްގައި، ޤާސިމް އިބްރާހީމް ހަތުރަކަށް މިތުރަކަށް ބެލުމެއްނެތި، ވެވަޑައިގެން އެންމެ ރަނގަޅަކަށް ދީލަތިކަމުގެ އަތަކުން ހިއްޕަވާ ބޭފުޅެއްކަމަށް ގަބޫލުކުރައްވާނެކަމަށެވެ

ޖޭޕީން އިތުރަށް ބުނެފައިވަނީ އިޤްތިޞާދީ ގޮތުން ގާސިމްގެ ކުންފުނީގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާ މިދަނޑިވަޅުގައި އިންސާނިއްޔަތަށްޓަކައި ލާމަސީލު މިސާލުތައް ދައްކަވަމުންދާކަމަށެވެ.

ޒާތީ ތަޢައްސުބާއި ސިޔާސީ ވާދަވެރިކަންދޫކޮށް އެންމެން އެކަތިގަނޑަކަށްވެ، އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އިސްކޮށް ދިވެހި އުންމަތަށް ދިމާވެފައިވާ މުސީބާތުން ސަލާމަތްވުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް ޖޭޕީން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް