Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 15000 އަށްވުރެ މަތި، ރަނގަޅުވި މީހުންގެ އަދަދު ލައްކައަކަށް

ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 353،508 އަށް އަރާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 މާރިޗު 2020 | ހޯމަ 14:06
ކޮވިޑް-19 ގެ ބަލިމީހަކަށް ފަރުވާދެނީ

ކޮވިޑް-19 ގެ ބަލިމީހަކަށް ފަރުވާދެނީ

ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 15000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު މި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް ހިނގައްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޯމަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ކޮވިޑް-19 އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 353،508 އަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު އުޅެނީ 15،372 ގައެވެ. އަދި މި ވައިރަސްއިން ރަނގަޅުވި މީހުންގެ އަދަދު ވަނި 103،089 ގައެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ 22 ވަނަ ދުވަހު ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 337،469 އެވެ. އަދި މަރުވި މީހުންގެ އަދަދަކީ 14،647 އެވެ. މިއަދުގެ އިރުއޮއްސުމާ ހަމައަށް ވައިރަސް ޖެހުނު މީހުންގެ އަދަދަށް ބަލާއިރު 16039 މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 725 އަށް އިތުރުވެފައެވެ.

މި ހިސާބުތަކުން ދައްކާގޮތުން ބަލި ޖެހުނު މީހުންގެ އަދަދު އަދިވެސް އެންމެ ގިނައީ ޗައިނާގައެވެ. ޗައިނާއިން ވައިރަސް ޖެހުނު މީހުންގެ އަދަދު އުޅެނީ 81،116 ގައެވެ. އެހެންކަމުން މިއަދުގެ އިރުއޮއްސުމާ ހަމައަށް 62 މީހަކަށް ވަނީ އަލަށް ވައިރަސް ޖެހިފައެވެ. 22 ވަނަ ދުވަހު މަރުވި މީހުންގެ އާ ކޭސްގެ ގޮތުގައި 6 ކޭސް ރިޕޯޓް ކޮށްފައިވާ އިރު މިއަދު ވަނީ 9 ކޭސްއެއް ރިޕޯޓް ކޮށްފައެވެ. މިހާތަނަށް 3270 މީހަކު އެގައުމުން މަރުވެފައިވެއެވެ. ވައިރަސް ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 72،710 ގައެވެ.

ދެވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ އިޓަލީންނެވެ. އިޓަލީން މިހާތަނަށް 59،138 މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ މި އަދަދު ހުރީ 53,578 ގައެވެ. އެހެންކަމުން މިއަދުގެ އިރުއޮއްސުމާ ހަމައަށް އެގައުމުން ވަނީ 5560 އާ ކޭސް ރިޕޯޓްކޮށްފައެވެ. މިހާތަނަށް 5476 މީހަކު މަރުވެފައިވާއިރު އިއްޔެ މި އަދަދު ހުރީ 4,825 ގައެވެ. އެހެންކަމުން މިއަދުގެ އިރުއޮއްސުމާ ހަމައަށް އެގައުމުން ވަނީ 651 މީހަކު, އޭގެކުރީ ދުވަހަ އަޅާބަލާއިރު އިތުރުވެފައެވެ. ބަލިން މިހާތަނަށް އިޓަލީން ރަނގަޅުވެފައިވަނީ 7024 މީހުންނެވެ. އިއްޔެއާއި އަޅާ ބަލާއިރު މިއީ 952 އިތުރު އަދަދެކެވެ.

ސްޕެއިންއަށް ބަލާލާއިރު މިހާތަނަށް އެގައުމުން ވަނީ 33089 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓް ކޮށްފައެވެ. އިއްޔެ މި އަދަދު ހުރީ 28,572 ގައެވެ. އިއްޔެގެ ނިޔަލަށް އެގައުމުން 4517 އާ ކޭސް ރިޕޯޓް ކޮށްފައިވާ އިރު މިއަދުގެ އިރުއޮއްސުމާ ހަމައަށް އަލަށް މަރުވި މީހުންގެ އަދަދު އުޅެނީ 481 ގައެވެ. ޖުމްލަ މަރުވި މީހުންގެ އަދަދު މިހާރު އެގައުމުގައި އުޅެނީ 2206 ގައެވެ. ވައިރަސްޖެހިފައި ރަނގަޅުވި މީހުންގެ އަދަދު އެގައުމުގައި އުޅެނީ 3355 ގައެވެ.

އެމެރިކާއަށް ބަލަލައިރު 35241 މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވެއެވެ. އިއްޔެ މި އަދަދު ހުރީ 26,908 ގައެވެ. އެމެރިކާއިން މިއަދުގެ އިރުއޮއްސުމާ ހަމައަށް ވަނީ 8333 އާ ކޭސް ރިޕޯޓް ކޮށްފައެވެ. އެމެރިކާގައި މިހާތަނަށް 473 މީހަކު ވަނީ މަރުވެފައެވެ. އެހެންކަމުން މިއަދުގެ އޮރު އޮއްސުމާ ހަމައަށް އެގައުމުން ވަނީ 125 އާ ކޭސް ރިޕޯޓް ކޮށްފައެވެ. އެމެރިކާގައި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު މިއަދު އުޅެނީ 178 ގައެވެ.

ޖަރުމަންވިލާތުން މިހާތަނަށް 29546 ވަނީ ވައިރަސް އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ. އިއްޔެ މި އަދަދު ހުރީ 23,129 ގައެވެ. އެހެންކަމުން މިއަދުގެ އިރުއޮއްސުމާ ހަމައަށް އެގައުމުން ވަނީ 6417 އާ ކޭސް ރިޕޯޓް ކޮށްފައެވެ. މިހާތަނަށް 111 މީހަކު އެގައުމުން މަރުވެފައިވާއިރު މިއީ އިއްޔެ އެގައުމުން ހާމަކުރި އަދަދަށްވުރެ 18 އިތުރު އަދަދެކެވެ. އިއްޔެ އެގައުމުން 93 މީހަކު މަރުވެފައިވެއެވެ. ޖަރުމަނުން ވައިރަސްޖެހިގެން މިހާތަނަށް 2809 މީހަކު ވަނީ ރަނގަޅުވެފައެވެ.

އީރާނަށް ބަލާލާއިރު އެގައުމުން ވަނީ މިހާތަނަށް 23049 މީހަކު ވައިރަށްއަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އިއްޔެގެ ނިޔަލަށް މި އަދަދު ހުރީ 21,638 ގައެވެ. އެހެންކަމުން މިއަދުގެ އިރުއޮއްސުމާ ހަމައަށް 1410 އާ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އީރާނުގައި މަރުވި މީހުންގެ އަދަދު އުޅެނީ 1812 ގައެވެ. އަދި ވައިރަސް އިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 8316 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު