Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19: ޗައިނާގެ އޮފިޝަލުން މައުލޫމާތު ހިއްސާ ކުރި ވީޑިއޯ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކޮންފަރެންސްގައި ޔޫރޭޝިއާ އަދި ދެކުނު އޭޝިއާގެ ގައުމުތަކުން 200 އަށް ވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 މާރިޗު 2020 | ހޮނިހިރު 19:29
ީވީޑިއޯ ކޮންފެރެސްގައި ރާއްޖެއިން ބައިވެރިވަނީ

ީވީޑިއޯ ކޮންފެރެސްގައި ރާއްޖެއިން ބައިވެރިވަނީ

ކޮވިޑް-19 ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޗައިނާގެ ސިއްހީ ދާއިރާގެ އޮފިޝަލުންގެ ތަޖުރިބާއާއި މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މިކޮންފެރެންސް ބާއްވާފައިވަނީ ހުކުރު ދުވަހު އެވެ. ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިކޮންފެރެންސާ ގުޅޭގޮތުން ބުނެފައިވަނީ މި ވީޑިއޯ ކޮންފަރެންސްގައި ޗައިނާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް ގާއޯ ފޫ އާއި، އެ ސެންޓަރުގެ ޗީފް އެޕިޑީމިއޮލޮޖިސްޓު ޕްރޮފެސަރ ވޫ ޒުންޔޫ، ޕެކިން ޔުނިވަރސިޓީގެ ޑިޕާޓްމެންޓް އޮފް ރެސްޕިރޭޓަރީ މެޑިސިންގެ ޑިރެކްޓަރު ޕްރޮފެސަރ ވަން ގްއަންފާ އަދި އެ ގައުމުގެ ސިއްހީ ދާއިރާގެ އެހެނިހެން އިސް އޮފިޝަލުން މައުލޫމާތު ދީފައިވެ އެވެ.

މި ކޮންފަރެންސްގައި ޔޫރޭޝިއާ އަދި ދެކުނު އޭޝިއާގެ ގައުމުތަކުން 200 އަށް ވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވި ކަމަށް އެމްބަސީން ބުނެއެވެ. ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރުގެ އިތުރުން އެޗްޕީއޭގެ ޑޮކްޓަރުން މި ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގައި ޗައިނާއިން ވައިރަހާ ދެކޮޅަށް ކުރި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެހެން ގައުމުތަކުގެ އޮފިޝަލުން ކުރި ސުވާލުތަކަށް ޗައިނާގެ އޮފިޝަލުން ވަނީ ޖަވާބު ދެއްވާފައެވެ.

ހަތަރު ގަޑިއިރަށް ކުރިޔަށްދިޔަ ކޮންފެރެންސްގައި އެކިގައުމުތަކުގެ އޮފިޝަލުން ކޮށްފައިވާ 80 އަށްވުރެ ގިނަ ސުވާލުތަަކަށް ޗައިނާގެ އޮފިޝަލުން ޖަވާބު ދީފައިވެއެވެ. ކޮށްފައިވާ ސުވާލުތަކުގެ ތެރޭގައި ހިމެނެނީ ޝައްކު ކުރެވޭ މީހުން ދެނެގަތުމާއި، މީހުން އެކަހެރިކުރުމާއި ކަރަންޓީނު ކުރުމާއި، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމާ ގުޅޭ ސުވާލުތައްކަމަށް ޗައިނާގެ އެމްބަސީން ބުނެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީންނެވެ. ވައިރަސް އިން ރައްކާތެރިވުމަށް ޗައިނާއިން އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު މިއަދު ޗައިނާއިން ވަނީ ވަރަށް ބޮޑަށް މިވައިރަސް ކޮންޓްރޯލްކޮށްފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު މުޅި ޗައިނާއިން އަލަށް ރިޕޯޓު ކޮށްފައިވަނީ 41 ކޭސް އެވެ.

މިވަގުތު ވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދަނީ އިޓަލީ، ސްޕެއިން އަދި އެމެރިކާގައެވެ. އެ ގައުމުތަކަށްވެސް ޗައިނާއިން ދަނީ ލަފާ ދެމުންނެވެ. އަދި އިޓަލީގައި ޗައިނާގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު